ހުޅުމާލެ ފަޅަށް ލޯންޗެއް ބަންޑުން ޖަހާލައިފި

ހުޅުލޭ އައިލެންޑް ހޮޓަލަށް މުދާ ހިފައިގެންދިޔަ ލޯންޗެއް ހުޅުމާލެ ފަޅަށް ބަންޑުން ޖަހާލައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ ލޯންޗު ބަންޑުންޖަހައިފައިވަނީ ހުޅުލޭ އައިލެންޑު ހޮޓާ ހުންނަ ދިމާ ފަޅަށް ކަމަށެވެ. އެ ހާދިސާ ހިނގައިފައިވަނީ އެ ހޮޓަލަށް މުދާހިފައިގެންގޮސް އެ ހުސް ކުރުމަށްފަހު ފަޅުގައި އަޅައިފައި އޮއްވައި ދިޔަވެގެން ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.

"ލޯންޗު ފަޅުތެރެއަށް ބަންޑުން ޖަހާލައިފައިވަނީ މުދާ ހުސްކުރުމަށްފަހު އަޅައިފައި އޮއްވައި ދިޔަވެގެން. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއްނުވާ،" އެމްއެންޑީއެފްގެ ތަރުޖަމާނު ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވިއެވެ. މިހާދިސާގެ މައުލޫމާތު ކޯސްޓު ގާޑަށް ލިބިފައިވަނީ މިއަދު ހެނދުނު 9:12 އެހައިކަންހާއިރު އެވެ.

އާޒިމް ވިދާޅުވީ ކުޑަބަނޑޮހު ފަޅުގައި އަޅައިފައި އޮތް "ޕްރިންސެސް ލާރާ" ކިޔާ ދޯންޏެއްގެ ވާ ރޭ ފަތިހު ކަނޑައިގެން ގޮސް އެދޯނީ ބެހިގެންގޮސްފައިވާ ކަމުގެ ރިޕޯޓު ވެސް މިއަދު ހެނދު 8:03 އެހައިކަންހާއިރު ކޯސްޓް ގާޑަށް ކޮށްފައިވާ ކަމަށެވެ. ދޯނި ބެހިގެން ގޮސް މިހާރުވަނީ ހުޅުމާލޭގައި އަލަށް ހިއްކި ސަރަހައްދަށް ލައްވެފައެވެ. ދޯނި ނެގުމުގެ މަސައްކަތް ވެރިފަރާތުން ކުރަމުންދާ ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.

މިދެހާދިސާގައި ވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.