ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންން މީހުންގެ ހާލަތު ދެނެގަންނަނީ

އުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންން މީހުންގެ ހާލަތު ދެނެގަތުމުގެ ސާވޭއެއް އައްޑޫސިޓީގެ އަވަށްތަކުގައި ކުރުމަށް ތައްޔާރުވާން ފަށައިފިއެވެ.

މިއީ ހިޔުމަން ރައިޓްސް ކޮމިޝަން އޮފްދަ މޯލްޑިވްސް (އެޗުއާރުސީއެމް) އާއި، އައްޑޫސިޓީ ކައުންސިލާއި، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް ގުޅިގެން ކުރުމަށް ހަމަޖެހިފައިވާ ސާވޭއެކެވެ.

ސާވޭ ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ޖޫން 25 އިން 27 އަށެވެ. މިސާވޭގައި މައުލޫމާތު އެއްކުރުމަށް ބޭނުންވާ 45 އެނިއުމޭޓަރުން ހޯދުމަށްޓަކައި ހިޔުމަން ރައިޓްސް ކޮމިޝަންގެ ސަދަން ރީޖަނަލް އޮފީހުންވަނީ އިއުލާން ކޮށްފައެވެ.

ސާވޭއަށް މައުލޫމާތު އެއްކުރުމަށް ހަރަކާތްތެރިވާ މީހުންނަށް ބާއްވާ ތަމްރީން ޕްރޮގްރާމެއް ޖޫން 24 ވަނަ ދުވަހު އޮންނާނެ ކަމަށް ވެސް ރީޖަނަލް އޮފީހުން ވިދާޅުވެފައިވެއެވެ.

ސާވޭއަށް މައުލޫމާތު އެއްކުރުމަށް ނިކުންނަ އެނިއުމޭޓަރުން މަސައްކަތްކުރާ ކޮންމެ ދުވަހަކަށް 300 ރުފިޔާގެ އެލަވަންސެއްދޭ ގޮތަށްވަނީ ހަމަޖެހިފައެވެ. މި ސާވޭގައި މައުލޫމާތު އެއްކުރުމަށް ބައިވެރިވެވޭނީ އުމުރުން 18 އަހަރުން މަތީގެ މީހުންނަށެވެ.

ޝައުގުވެރިކަން ހުރި މީހުން ޖޫން 19 ވަނަ ދުވަހު މެންދުރު 1:30 ގެ ކުރިން ހިޔުމަން ރައިޓްސް ކޮމިޝަން ސަދަން ރީޖަނަލް އޮފީހަށް ގުޅައިގެން ނަންނޯޓު ކުރުމަށް ވެސް އެޗުއާރުސީއެމުން ވަނީ ވިދާޅުވެފައެވެ. މި ފުރުސަތު ދިނުމުގައި މިފަދަ ހަރަކާތެއްގައި ކުރިން އުޅެ ތަޖުރިބާ ލިބިފައިވާ މީހުންނަށާއި، ނަންނޯޓު ކުރަމުންދާ ތަރުތީބަށް އިސްކަން ދެއްވާނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.