ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް ޖުނައިދު

ޖުނައިދަށް މަގާމުގެ ލިޔުން ހަވާލު ކުރައްވަނީ: ފޮޓޯ: ރައީސް އޮފީސް

ކޮމިޝަނަރ ޖެނެރެލް އޮފް ކަސްޓަމްސްގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލްގައްޔޫމް މިއަދު ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ. އެމަގާމަށް އައްޔަން ކުރެއްވީ އައްޑޫސިޓީ މީދޫ ކެނެރީވިލާ މުހައްމަދު ޖުނައިދެވެ.

އެމަގާމަށް ޖުނައިދި އައްޔަން ކުރެއްވުމަށްފަހު އޭނާއާ މަގާމުގެ ލިޔުން ހަވާލު ‏‏ކުރެއްވުމުގެ ރަސްމިއްޔާތު އޮތީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ކަމަށް ޖުނައިދު ޢައްޔަން ކުރެއްވި ކަމުގެ ލިޔުން ޙަވާލުކުރެއްވުމުގެ ކުރިން، އޭނާވަނީ ހައިކޯޓުގެ އިސް ފަނޑިޔާރު އަލްއުސްތާޒު އަބްދުﷲ ‏‏ދީދީގެ ކުރިފުޅުމަތީގައި، ކަސްޓަމްސް އޮފިސަރުންގެ ހުވައި ކުރައްވައިފައެވެ.

މުޙައްމަދު ޖުނައިދު މި މަގާމަށް އައްޔަނު ކުރައްވާފައިވަނީ، ކުރިން އެމަގާމުގައި ހުންނެވި މުހައްމަދު ޝަރީފް ވަކިކުރެއްވުމަށްފަހުއެވެ. އޭނާ އެމަގާމުން ވަކިކުރެއްވީ އޮސްޓްރޭލިޔާގެ މެލްބަންއަށް ކަނޑައަޅުއްވާ ޓްރޭޑް ރިޕްރެޒެންޓެޓިވްގެ މަގާމަށް އައްޔަން ކުރެއްވުމަށްޓަކައެވެ. އެނާ މިހާރުވަނީ އެމަގާމަށް އައްޔަން ކުރައްވައިފައެވެ.

ޖުނައިދަކީ މީގެކުރިމްވެސް ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމު ފުރުއްވައިފައިވާ ބޭފުޅެކެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.