ދެމިނިސްޓްރީއަކަށް ސްޓޭޓު މިނިސްޓަރުން އައްޔަން ކުރައްވައިފި

ދެ މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރުންނަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު ބޭފުޅުން އައްޔަން ކުރައްވައިފިއެވެ.

އެގޮތުން މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ސްޓޭޓު މިނިސްޓަރަކަށް ހަމަޖެއްސެވީ މާފަންނު، ޒިޔާރަތް ދޮށުގޭ، އަހުމަދު ހާފިޒެވެ. މީގެ ކުރިން އޭނާ ހުންނެވީ މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގުރިކަލްޗަރުގެ ނާއިބުގެ މަގާމުގައެވެ.

މީގެ އިތުރަށް އިސްލާމިކް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރަކަށް ހުންނެވި މއ. އަނދުންކޮށީގެ ހަސަން ރަޝީދު ވަނީ ހެލްތު މިނިސްޓަރީގެ ސްޓޭޓު މިނިސްޓަރަކަށް ބަދަލު ކުރައްވައިފިއެވެ.

މީގެ އިތުރަށް ޔޫތު މިނިސްޓަރުގެ ނާއިބަކަށް ހުންނެވި ފ. ނިލަންދޫ، ފިނިފެންމާގޭ، އަބްދުލް މުހުސިން ހަމީދު ވަނީ ހައުސިން މިނިސްޓަރުގެ ނާއިބަކަށް ބަދަލުކުރައްވައިފައެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.