އަޅުގަނޑު އަމިއްލަ މަސްލަހަތެއް އިސް ނުކުރާނަން: ޑރ. ޖަމީލް

ރައްޖެއަށް ދިމާވެފައިވާ ސިޔާސީ މައްސަލަތައް ހައްލު ކުރެއްވުމަށް އަމިއްލަ މަސްލަހަތު އިސް ނުކުރައްވާނެ ކަމަށާއި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް ވެސް އަމިއްލަ މަސްލަހަތު އިސްނުކުރައްވާނެ ކަމަށް ރާއްޖޭގެ ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޖޭޕީން ޖަރުމަނު ވިލާތުގައި މިރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މި މައްސަލަތައް ހައްލު ކުރެވޭނީ އެންމެން ގުޅިގެން ކަމަށެވެ. އޭގެ ބަދަލުގައި ސިޔާސީ ޚިޔާލު ތަފާތުވާ ކޮންމެ ފަހަރަކު ބުރިކައްޓަށް ވަޅިހަރާ ބަޔަކަށް ވެގެން ނުވާނެ ކަމަށްވެސް ޖަމީލް ވިދާޅުވިއެވެ.

މި ރާއްޖެ މިހާރު ދެކެމުންދަނީ މީގެ ކުރިން ދުވަހަކުވެސް ދެކެފައިނުވާ ވަރުގެ ހިތާމަވެރި މަންޒަރުތަކެއް ތަކަށް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ދައުލަތުގެ ބަޖެޓުން އެތައް ފައިސާއެއް ގެއްލިފައިވާ ކަމަށާއި ޖުމްހޫރީ ޕާޓީއަށް ވެރިކަމަށް އާދެވިއްޖެ ކަމަށްވާނަމަ އެ ފައިސާ އަނބުރައި ދައުލަތުގެ ބަޖެޓަށް ވައްދާނެ ކަމަށް ވައުދުވެ ވަޑައިގަންނަވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވީ ތަރައްގީ އަކީ ރައްޔިތުންނަށް ތަކުލީފަކަށް ވެގެން ނުވާނެ ކަމަށެވެ. ވެރިމީހާއަށް ދަތިވީމާ ފަސޭހަވާ ގޮތް ބަދަލު ކުރުމަކީ ރަސްކަމުގެ ދުވަސްވަރު ހިނގާފަދަ ކަންކަން ކަމަށްވެސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖެއަށް މިހާރު ދިމާވެފައިވާ މައްސަލަތައް ހައްލު ކުރެވޭނެ ހަމައެކަނި ލިޑަރަކީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް ކަމަށެވެ.
މިރޭ އަލީ ވަހީދު ޖޭޕީއާ ގުޅި ވަޑައިގެންނެވުމަކީ ޕާޓީއަށް ލިބުނު ވަރަށްބޮޑު ކުރިއެރުމަކާއި ބާރެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.