އާސެނަލްގެ ކޯޗަކަށް އުނައި އެމަރީ ހަމަޖައްސައިފި

އާސެނަލްގެ ހެޑު ކޯޗުގެ މަގާމަށް އުނައި އެމަރީ އެޓީމުން މިއަދު ހަމަޖައްސައިފިއެވެ.

މިއަދު ހެނދުނު އާސެނަލްއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އުނައިގެ ކާމިޔާބީތަކުގެ ރެކޯޑަށް ބަލާއިރު ވަރަށް ފުރިހަމަ ކަމަށެވެ. އުނައިގެ ސަބަބުން ޔޫރަޕުގައި ހުނަރުވެރި ވަރަގިނަ ކުޅުންތެރިން އުފެދިގެން ގޮސްފައިވާކަމަށެވެ.

އުނައިގެ ކުޅުވުމުގެ ވައްޓަފާޅިވެސް ވަރަށް ފުރިހަމަ ކަމަށާއި އެއީ އާސަނަލްއާ ވަރަށް ގުޅޭ ގޮތްގަނޑެއް ކަމަށްވެސް އީވާން ބުނެފައިވެއެވެ.

އުނައި ބުނެފައިވަނީ އާސަނަލް ފަދަ ޓީމަކާ ހަވާލުވުމުން އޭނާ ވަރަށް އުފާވާ ކަމަށެވެ. އެޓީމަކީ ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި މަޝްހޫރު އަދި އެތަކެއް ބައެއްގެ ލޯބި ލިބިފައިވާ ޓީމެއް ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

އުމުރުން 46 އަހަރުގެ އުނައި މީގެ ކުރިންވަނީ ތިންއަހަރު ވަންދެން ސެވިއްޔާގެ ކޯޗުކަން ކޮށްފައެވެ. އެޓީމަށް ކޯޗު ކޮށްދިން ދުވަސްވަރު އޭނާވަނީ އެޓީމަށް ވަރަށް ގިނަ ކާމިޔާބީތަކެއްވެސް ހޯދައިދީފައެވެ. އޭގެތެރޭގައި ތިންފަހަރުމަތިން ޔޫރޮޕާ ލީގު ކަމިޔާބު ކުރުން ހިމެނެއެވެ.

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.