ސަންޓި ކަޒޯރލާ އާސެނަލް ދޫކޮށްލައިފި

ސަންޓި ކަޒޯރލާއާއި އާސެނަލްއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުންނާއި، އަދި އަނިޔާވެފައިވުމުން ސަންޓި އެޓީމް ދޫކޮށްލައިފިއެވެ.

އުމުރުން 33 އަހަރުގެ ކަޒޯރލާ ވަނީ އެޓީމަށް ކުޅުނު މުއްދަތުގައި 26 ލަނޑު ޖަހައިދީފައެވެ.

އާސެނަލްގެ ޗީފް އެގްޒެކެޓިވް އީވާން ގަޒިޑިސް އެޓީމުގެ ވެބްސައިޓުގައި ބުނެފައަވަނީ އޭނާ އަބަދުވެސް ސަންޓި ކުޅޭތަން ވަރަށް ބަލާހިއްވާ ކަމަށެވެ. ސަންޓި އަކީ ގުދުރަތުންވެސް މޮޅު ހުނަރެއް ދެއްވައިފައިވާ ކުޅުންތެރި އަކަށްވުމުން އެޓީމަށްވެސް އޭގެ ފައިދާ ލިބުނު ކަމަށެވެ.

"ސަންޓި އަކީ އަބަދުވެސް ވަރަށް މިނިވަންކޮށް ވަރަށް ކުޅޭހިތުން އުފަލުން ކުޅޭ ކުޅުންތެރިއެއް." އީވާން ބުނެފައިވެއެވެ.

މީގެ އިތުރުން ސަންޓި އަށް އެކްލަބުން ޝުކުރުއަދާކުރާ ކަމަށްވެސް އީވާން ބުނެފައިވެއެވެ.

ކުރީގެ ސްޕެއިންގެ އިނޓަނޭޝަނަލް ކުޅުންތެރިޔެއް ކަމަށްވާ ކަޒޯރލާ 2016ވަނަ އަހަރު އަޗިލީސް އާއި ކުޅެ ލިބުނު އަނީޔާއެއްގެ ސަބަބުން އެފަހުން އާސެނަލްގެ އެއްވެސް މެޗަކުން ފެނިފައެއް ނުވެއެވެ.

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.