ބޭނުންވާނެ ބާވަތްތައް:
225 ގުރާމު ބަޓަރު، ޓްރޭގައި ހޭކުމަށް އިތުރު ބަޓަރުކޮޅެއް
½ ކިލޯ ފުށް
100 ގުރާމު އައިސިން ޝުގަރ
4 ކުކުޅު ބިސް
175 މިލިލީޓަރު ކިރު (ސްކިމްޑް ކިރު)
1 މޭޒުމަތީ ސަމުސާ ޒުވާރި ފުށް
1 ސައިސަމުސާ ވެނީލާ އެސެންސް
175 ގުރާމު ޔޯގަޓު
275 ގުރާމު ހަކުރު
2 ދަޅު ޕީޗު
ތައްޔާރުކުރާނެ ގޮތް:
200 ގުރާމު ބަޓަރު ކިއުބުކޮށް ކޮށާށެވެ. ދެން 400 ގުރާމު ފުށާ އެއްކުރާށެވެ. ޕާންކުނޑި ހުންނަވަރަށް ފުށްގަނޑު އެކުވުމުން ކިރު ފޮދެއް އަޅައިގެން އައިސިން ހަކުރާއި 2 ބިސް ފުށްގަނޑަށް އެއްކޮށް މޮޑޭށެވެ. ރަގނަޅަށް މޮޑެވުމުން ވައި ނުވަންނަ ގޮތަށް މަތި ބަންދުކޮށްފައި ވިއްސަކަށް މިނެޓަށް އައިސް އަލަމާރީގައި ބާއްވާށެވެ.
ދެން 180 ޑިގްރީއަށް އަވަން ހޫނުކުރަން ޖައްސާށެވެ. އަދި 30 ސެންޓިމީޓަތު ހުންނަވަރުގެ ޓްރޭއެއްގައި ބަޓަރުކޮޅެއް ހާކާފައި ބަހައްޓާށެވެ.
ސާޅީސް ސެންޓިމީޓަރު ހުންނަ ވަރަށް، ވަށްކޮށް، ފުށްގަނޑު ދަމާށެވެ. ދެން ޓްރޭގައި ބާއްވައި ޓްރޭގައި ތަތްލާގޮތަށް ޓްރޭއަށް ފުށްގަނޑު ފައްތާލާށެވެ. ދެން ފުށްގަނޑުގައި ކުދި ވިދި ހުންނަ ވަރަށް ފުށްގަނޑުގެ އެކިތަންތަނަށް އުލެއް ހަރާށެވެ. އަދި ބޭކިން ބީންސް އެޅުމަށްފަހު ފިހާށެވެ. ދިހައެއް ނުވަތަ 15 މިނެޓުވާ އިރު ބޭނުންވާ ވަރަށް ފިހެވޭނެއެވެ.
ބާކީ ހުރި ބިސް އެސެންސާއި ޒުވާރިފުށާއި ކިރު އަދި ޔޯގަޓާއި 200 ގުރާމު ހަކުރާއި ބާކީ ހުރި ފުށާއި ލޮނުކޮޅެއް އަޅައިގެން އެއްކުރާށެވެ.
ދަޅުގައި ހުރި ޕީޗު ނަގައި ފެން އޮއްސުމަށްފަހު ކުރިން ފިހުނު ޕޭސްޓްރީ ފުށްގަނޑުގެ މަތީގައި އަތުރާށެވެ. ދެން ޕީޗުގެ މައްޗަށް ގިރާފައި ހުރި ބިސް އަޅާށެވެ.
އަނެއްކާވެސް އަވަނަށް ލައިގެން 40 މިނެޓުވަރު ފިހާށެވެ. މާބޮޑަށް ފިހެވޭނަމަ ޕޭސްޓްރީގެ އަރިމަތީގައި ފޮއިލް އަޅައި ބަންދުކުރާށެވެ.
ކްރަމްބްލް ތައްޔާރުކުރުމަށް ބާކީ ހުރި ބަޓަރު ކޮޅު އަޅައިގެން 90 ގުރާމު ފުށް މޮޑޭށެވެ. މޮޑެވުމުން ހަކުރު ކޮޅު އެއްކުރާށެވެ.
އަނެއްކާވެސް އަވަނަށް ލައިގެން 15 މިނެޓު ފިހާށެވެ. އދި ހިހޫ ވުމުން މައްޗަށް އައިސިންކޮޅެއް ފުރޭނުމަށްފަހު ކާން ނަގާށެވެ.
ނޯޓު: މިއީ ޖެމީ އޮލިވަރ ގެ ރެސިޕިއެކެވެ.