ރައީސް ޔާމީން ރަސްމީކޮށް ކެންޕޭން ފަށްޓަވައިފި

ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގެ ކެންޕޭން ރަސްމީކޮށް މިއަދު ފެއްޓެވިކަން ރައީސުލްޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ މުސްތަޝާރު މިއަދު ހަވީރު ރަސްމީކޮށް އިއުލާން ކުރައްވައިފިއެވެ.

އެމަނިކުފާނު މިކަން ރަސްމީކޮށް އިއުލާން ކުރެއްވީ ޕީޕީއެމްގެ މައި ކެންޕޭން އޮފީހުގެ ބޭރުގައި ސަޕޯޓަރުންނާ ބައްދަލު ކުރައްވައި މިއަދު ހަވީރު ދެއްކެވި ވާހަކަފުޅުގައެވެ. އެމަނިކުފާނު ވިދާޅުވީ ސަޕޯޓަރުން ކެންޕޭން އޮފީހަށް އައިސް ޖޯޝާއެކު ޝުއޫރު ފާޅުކޮށްދެއްވީތީ ވަރަށްބޮޑަށް އުފާފުޅު ކުރައްވާ ކަމަށެވެ.

ރައީސް ވިދާޅުވީ ސިޔާސީ ކެންޕޭނަކީ އިދިކޮޅު ލީޑަރުންގެ ޕޯސްޓަރުގައި ނޯ ޖަހާފައި އަދި ރަސްގެއެއް ޖަހާފައި ވިހުރާލުން ކަމަށެވެ. "އަޅުގަނޑުމެން ގައުމީ ދިދައެއް ހޫރުވައިލުން، އަޅުގަނޑުމެން ރައީސް ޔާމީންގެ ފޮޓޯއެއް ގެންގުޅުން އަދި އަޅުގަނޑުމެން އިދިކޮޅު ސިޔާސީ ލީޑަރެއްގެ ޕޯސްޓަރުގައި ނޯ ޖަހައިފައި ރަސްގެއެއް ޖަހާފައި ވިހުރުވާލުން، މިއީ ސިޔާސީ ކެންޕޭނަކީ" ކެންޕޭން ފެއްޓެވިކަން އިއުލާން ކުރައްވަމުން ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ރިޔާސީ އިންތިޚާބަށް ނުކުންނެވުމުގެ އަޒުމް ކަނޑައަޅުއްވައިގެން ރިޔާސީ ކެންޕޭނަށް ރަސްމީކޮށް ނުކުންނެވީ ސަޕޯޓަރުންނާ ގުޅިވަޑައިގެން ކަމަށެވެ. "ހުރިހާ ބޭފުޅުންވެސް ވަރަށްވަރުގަދަ އަޒުމެއްގައި މަސައްކަތް ކުރައްވަމުން ގެންދަވާ،" ރައީސް ވިދާޅުވިއެވެ.

ކެންޕޭން ރަސްމީކޮށް މިއަދު ފެއްޓެވިޔަސް އެމަނިކުފާނު ނުރަސްމީކޮށް އެމަސައްކަތް ކުރައްވާތާ މިހާރު އެތައްމަހެއް ވެއްޖެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.