ރައީސް މައުމޫން މިއަދާ ހަމައަށް ކުށެއް ނުކުރައްވާ: ނާދިރާ

ރައީސް މައުމޫން އަބްދުލްގައްޔޫމު މިހާތަނަށް އެއްވެސް ކުށެއް ކުރައްވާފައި ނުވާނެ ކަމަށް ޕީޕީއެމްގެ މައުމޫން ފެކްޝަންގެ ނާއިބު ރައީސާ އާމިނަތު ނާދިރާ ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި ޕެނަލް ޑިސްކަޝަނެއްގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ރައީސް މައުމޫން ބަންދުކުރައްވައިފައިވަނީ ގާނޫނާ ޚިލާފަށް ކަމަށެވެ. އެކަމުގެ ކަންބޮޑުވުން ދިވެހި ކޮންމެ ރައްޔިތަކުވެސް ފާޅު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއީސް މައުމޫނުގެ ހާލުކޮޅާ ބެހޭ ގޮތުން އޭނާ ވިދާޅުވީ ފުލުހުން ކިތަންމެ ރަނގަޅަށް އެމަނިކުފާނާމެދު ކަންކަން ކޮށްދެއްވި ކަމަށްވިޔަސް އެމަނިކުފާނަށް މިހާރު ބޭނުންފުޅުވަނީ އެމަނިކުފާނުގެ އާއިލާގެ ބޭފުޅުންގެ އެހީތެރިކަން ކަމަށެވެ. "އެމަނިކުފާނަށް މިވަގުތު އެންމެ ބޭނުންފުޅުވަނީ އަނބިކަނބަލުންގެ އެހީތެރިކަން. އެހެންވީމާ އެމަނިކުފާނު ގެއަށް ބަދަލުކޮށްދެއްވުމަށް އަޅުގަނޑުމެން މިދަންނަވަނީ،" ނާދިރާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރައީސް މައުމޫން އެހާލުކޮޅުގައި ޖަލުގައި ހޭދަކުރައްވަމުން ގެންދަވާއިރު އެމަނިކުފާނުގެ ކޮއްކޯފުޅު އަދި މިހާރުގެ ރައީސް ޔާމީނަށް އެކަން އެނގިވަޑައި ނުގަންނަވާ ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.