ތެެޔޮ ޓޭންކަރުތައް ގޮއްވާލާނެ ކަމުގެ އިންޒާރު ޙޫޘީން ދީފި

ހުދައިދާގައި ބަނދަރުކޮށްފައި އޮތް ބޯޓެއް

ރަތް ކަނޑުގައި އޮންނަ ޔަމަނުގެ ބަނދަރެއް ކަމުގައިވާ ހުދައިދާގެ ބަނދަަރާ ދިމާއަށް ރަތް ކަނޑުގައި ހިފަހައްޓާފައިވާ 19 ތެޔޮ ޓޭންކަރު ގޮއްވާލާނެ ކަމުގެ އިންޒާރު ޙޫޘީން ދީފިއެވެ.
ޔަމަނުގެ ގާނޫނީ ސަރުކާރުކަމަށް ދުނިޔޭގެ ގައުމުތަކުން ގަބޫލުކުރާ ޢަބްދުރައްބޫ ހާދީގެ ސަރުކާރުގެ ޞާލިހު އަލްޖަބްވާނީ ވިދާޅުވި ގޮތުގައި ތެޔޮ ބަރުކޮށްގެން ހުދައިދާ ބަނދަރަށް ވަންނަން އައި 19 ޓޭންކަރު ޙޫޘީ ހަނގުރާމަވެރިން ވަނީ ހިފަހައްޓާފައެވެ. މި ޓޭންކަރުތަކުން ގެނެސްފައިވާ ތެޔޮ 2 ލައްކަ ޓަނަށް އަރައެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ޙޫޘީ ޖަމާޢަތް މިހާރު މުޅި ސަރަހައްދަށް އޮތް ނުރައްކަލަކަށް ވެފައިވާ ކަމުގައެވެ.
ފާއިތުވި އެޕްރީލް މަހުގެ ތެރޭގައި ހިފަހައްޓާފައިވާ މި ތެޔޮ ޓޭންކަރުތައް ދޫކުރުމަށް ޙޫޘީން ދަނީ ދެކޮޅު ހަަދަމުންެނެވެ. ޙުދައިދާ ބަނދަރުގެ ވަށައިގެންވާ ސަރަހައްދު ކޮންޓްރޯލުކުރާ ޙޫޘީން ދަނީ ޙުދައިދާ ބަނދަރަށް ކޮންމެ ތެޔޮ ޓޭންކަރަކުން 1 މިލިއަން ޑޮލަރު ހޯދުމަށް އެދެމުން ކަމުގައި ބައެެއް ޚަބަރުތައް ބުނެެއެވެ.
އީރާނުގެ އެހީ ލިބިގެން ޔަމަނުގައި ހަނގުރާމަކުރާ ޝީޢީ ޖަމާޢަތެއް ކަމުގައިވާ ޙޫޘީން ދަނީ ޔަަމަނުުގެ ބޮޑު ބައެއް ކޮންޓްރޯލު ކުރަމުންނެވެ. ވެރިރަށްަ ސަންއާ ވެސް މިހާރު އޮތީ އެމީހުންގެ އަތްދަށުގައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.