ރޭ ހިނގި ލޯންޗު އެކްސިޑެންޓުގައި ގެއްލުނުމީހާ ކަނޑު އަޑިން ފެނިއްޖެ

ރޭ ހިނގި ލޯންޗް އެކްސިޑެންޓެއްގައި ގެއްލިފައިވާ މީހާ ކަނޑުގެ 45 މީޓަރު އަޑީގައި މަރުވެފައި އޮއްވައި ފެނއްޖެއެވެ.

އޭނާ މަރުވެފައި އޮއްވައި ފެނިފައިވަނީ އޭނާ ހޯދަމުންދިޔަ އެމްއެންޑީއެފް ކޯސްޓުގާޑުގެ ޑައިވަރުންގެ ޓީމަކަށެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވީ އެމީހާ ފެނިފައިވަނީ މިއަދު ހެނދުނު 10:00 އެހައިކަންހާ އިރު ކަމަށެވެ. އޭނާ ފެނުނު ސަރަހައްދުގެ ކަނޑުގެ އަޑިން ލޯންޗެއްގެ ހުންގާނު ވެސް ފެނިފައިވާ ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ. އެމީހާގެ ހަށިގަނޑު މިހާރުވަނީ މާލެ ގެނެސް މިހާރުވަނީ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައެވެ..

ރޭގެ މި އެކްސިޑެންޓު ހިނގާފައިވަނީ ކ.އިތާފުށި ކައިރިން ދެ ލޯންޗު ޖެހިގެންނެވެ. ނުރައްކާތެރި އެ އެކްސިޑެންޓުގައި އެ ރޭވަނީ އެކަކު ނިޔާވެފައެވެ. ނިޔާވެފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެކެވެ. އޭނާގެ އިތުރަށް 7 މީހަކަށް އޭޑީކޭ ހޮސްޕިޓަލިގައި ދަނީ ފަރުވާ ދެމުންނެވެ. އެ ހާދިސާގައި ގެއްލުނު މީހާ މިއަދު ފެނުމުން އެ އެކްސިޑެންޓުގައި މަރުވި މީހުންގެ އަދަދު 2 އަށް އެރީއެވެ.

އެމީހާ ހޯދުމަށްޓަކައި އެމްއެންޑީއެފް ޑައިވަރުން އައީ ރެއިން ފެށިގެން މަސައްކަތް ކުރަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.