ތިންގުނަ ބޮޑު ފިއުލްފާމެއް ވީއައިއޭގައި ހަދަން ފަށައިފި

ވެލާނާ އިންޓަރނޭޝަނަލް އެއަޕޯޓު (ވީއައިއޭ) ގައި އައު ފިއުލް ފާމެއް ހެދުމުގެ މަސައްކަތް ފަށައިފިއެވެ.

މިއީ މިހާރުއެތަނުގައި ބޭނުންކުރަމުންދާ ފިއުލް ފާމަށްވުރެ 3 ގުނަ ބޮޑުކޮށް ހަދަމުންދާ ތަނަކެވެ. އައު ފާމުގައި ފުޅާމިނުގައި 37 މީޓަރު ހުންނަ 3 ޓޭންކު ގާއިމް ކުރާގޮތަށްވަނީ ހަމަޖެހިފައެވެ. އެތިން ޓޭންކާއެކު އިތުރު 2 ޓޭންކުވެސް ގާއިމްކުރާނެއެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ވިދާޅުވެފައިވަނީ އެ ޓޭންކުތަކުގައި 45 މިލިއަން ލިޓަރުގެ ޖެޓް ފިއުލާއި، އެއް މިލިއަން ލީޓަރުގެ ޑީސެލާއި، 0.1 މިލިއަން ލީޓަރުގެ ޕެޓްރޯލް ރައްކާ ކުރެވޭނެ ކަމަށެވެ.

މިއީ އެއާޕޯޓު ތަރައްގީ ކުރުމަށް ހިންގާ މަޝްރޫއުގެ ދަށުން ބަންނަ ތެޔޮތާނގީތަކެއް ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ވީއައިއޭ ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އަލަށް ހަދަމުންދާ އޭޕްރަންގެ މަސައްކަތްވެސް އަންނަ ޖުލައި މަސްތެރޭގައި ނިމޭނޭ ކަމަށްވެސް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ. އެތަނުގެ މަސައްކަތުގެ ދެބައިކުޅަ އެއްގެ މަސައްލަތް މިހާރުވަނީ ނިމިފައި ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

އަލަށް ހަދަމުންދަނީ 80،000 އަކަމީޓަރުގެ އޭޕްރަން އެކެވެ. އެތަން ނިންމާފައި މިހާރު ބޭނުންކުރާ 50،000 އަކަމީޓަރުގެ އޭޕްރަން ހެދުމުގެ މަސައްކަތްވެސް ފަށާގޮތަށް ހަމަޖެހިފައިވާ ކަމަށް އެމްއޭސީއެލް އިން ވަނީ ވިދާޅުވެފައެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.