ވީއައިއޭގެ އައު ރަންވޭ އަންނަ އޮކްޓޯބަރ މަހު ބޭނުން ކުރެވޭވަރުވާނެ: އެމްއޭސީއެލް

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު (ވީއައިއޭ)ގެ އައު ރަންވޭ އަންނަ އޮކްޓޫބަރު މަހު ބޭނުން ކުރަން ފެށޭވަރުވާނެ ކަމަށް އެމްއޭސީއެލް އިން ބުނެފިއެވެ.

އެމްއޭސީއެލް އިން ބުނީ މިހާރު ކުރިއަށްދަނީ ޓެސްޓިން ފޭސްތައް ކަމަށާއި ޕީކް ސީސަން އަންނަވާއިރަށް އައު ރަންވޭވެސް ހުޅުވުމަށް އަމާޒު ހިފާފައިވާ ކަމަށެވެ.

ފްލައިޓު ކޮލަބްރޭޝަން ޓެސްޓިންގ ފޭސަސް ވަރަށް އަވަހަށް ފަށާނެ ކަމަށާއި އައު ރަންވޭ ބޭނުން ކުރަން ފެށުމުން ފްލައިޓުތައް އެއަރޕޯޓުގައި ޖައްސާ ޓެކްސީވޭ ކުރުމަށް ހޭދަވާ ވަގުތު ވަރަށް ބޮޑަށް ކުޑަކުރެވިގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

އެގޮތުން އައު ރަންވޭ ފުލް އޮޕަރޭޝަނަށް އައުމުން 15 މިނެޓުގެ ރާސްތާ 3 މިނަޓަށް ކުޑަކޮށްލެވޭނެ ކަމަށް ވެސް ބުނެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުމަކާއި ގާތްވެފައިވަނީ އައު ރަންވޭގެ މަސައްކަތް ނިންމައިލީ 2018 ވަނަ އަހަރުއެވެ.

3400 މީޓަރު ދިގު ރަންވޭގެ އަގު 373 މިލިއަން ޑޮލަރަށް އަރައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.