މިސަރުކާރު ވެރިކަމުގައި އޮތުމުން ގެއްލިގެންދަނީ ޙަޔާތުގެ އުއްމީދީ ފަސް އަހަރު: ޚަލީލް 

މިސަރުކާރު ވެރިކަމުގައި އޮތުމުން ޙަޔާތުގެ އުއްމީދީ ފަސް އަހަރު ގެއްލިގެންދާކަމުގެ އިޙްސާސް ކުރެވޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ ކުރީގެ މެމްބަރ ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ. 

ރައީސްއިބްރާޙީމް މުޙައްމަދު ޞަލިޙް ރައިސުލްޖުމްހޫރިއްޔާކަމަށް އިންތިޚާބުވެވަޑައިގެންނެވި ތާރީޚާ ދިމާކޮށް ޑރ. ޚަލީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ފެއިލްވެފައިވާ މިސަރުކާރުން ރާއްޖެ ސެޓެލައިޓް ސްޓޭޓަކަށް ހަދައިފައިވާ ކަމަށެވެ. ދާއިމަށް ޤައުމު ގެއްލި ދިއުމުގެ ކުރިން ނިދިން ހޭލަން ޖެހޭ ކަމަށެވެ. 

ޑރ ޚަލީލަކީ ވެސް އިދިކޮޅު ލީޑަރުންގެ ތެރެއިން މިސަރުކާރުގެ ޚާރިޖީ ސިޔާސަތަށް ފާޅުގައި ފާޑުވިދާޅުވަމުން ގެންދަވާ ބޭފުޅެކެވެ. އިންޑިއާގެ ސިފައިން ރާއްޖޭގައި ޤާއިމްވެ ތިބުމާއި އިންޑިއާގެ ނުފޫޒު ރާއްޖެއަށް ގަދަވާކަމަށް ވިދާޅުވެ މިސަރުކާރުގެ ޚާރިޖީ ސިޔާސަތަށް ކެނޑިނޭޅި އިދިކޮޅުން ދަނީ ފާޑު ކިޔަމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.