ދިހަ މިލިއަން ލިބޭނަމަ އޮންލައިންކޮށް ބީ.ޕީ.ޓީ ބަޔާން ހުށަހެޅުން ލާޒިމުކޮށްފި

އަހަރަކު 10 މިލިއަން ރުފިޔާ ނުވަތަ އެއަށްވުރެ މަތިން އާމްދަނީލިބޭ ފަރާތްތަކުން، ބީޕީޓީ ބަޔާން އޮންލައިންކޮށް ހުށަހެޅުމަށް ލާޒިމް ކޮށްފިއެވެ.

މިރާއިން ވިދާޅުވީ މިއަށް އަމަލު ކުރަށް ފަށާނީ މިއަހަރުގެ ޖޫންމަހު އެކަކުން ފެށިގެންނެވެ. ޖޫން އެކަކުން ފެށިގެން ބީ.ޕީ.ޓީ ބާޔާން، މީރާގެ އޮންލައިން ޕޯޓަލް މީރާކަނެކްޓްއިން އޮންލައިންކޮށް ފައިލް ކުރުން ވަނީ ލާޒިމުކޮށްފައެވެ.

ބީ.ޕީ.ޓީ ބަޔާން އޮންލައިންކޮށް ހުށަހެޅަން ލާޒިމުކުރިނަމަވެސް އިސްލާހު ކުރެވިފައިވާ ބީ.ޕީ.ޓީ ބަޔާން (އަމެންޑެޑް ރިޓާން) މީރާކަނެކްޓް މެދުވެރިކޮށް ހުށަހެޅުން ލާޒިމް ނޫންކަމަށްވެސް އެތަނުންވަނީ ވދާއްނޫނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.