ކަރިކިޔުލަމް ޑިވެލޮޕް ކުރުމުގެ އެއްބަސް ވުމެއްގައި ސޮއިކޮށްފި

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީގެ ޓްރެއިނިން ސެންޓަރ، "އިސްމާއީލް ފަތުހީ މާލަމް" އަށް ބޭނުންވާ ޓްރެއިނިންތަކުގެ ކަރިކިއުލަމް ޑިވަލޮޕް ކުރުމުގެ އެއްބަސްވުމުގައި އެމްއެންޔޫ އެކު ސޮއި ކޮށްފިއެވެ.

އެ މާލަން ހުޅުވުމުގެ ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ފަރާތުން ސޮއިކުރެއްވީ ޔުނިވަރސިޓީގެ ވައިސް ޗާންސްލަރ ޑރ.އަލީ ފަވާޒް ޝަރީފެވެ. ފިނޭންސް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޝަރީ އަހުމަދު މުނައްވަރެވެ. މި ޓްރެއިނިންގ ސެންޓަރ ހުޅުވުމުގެ ރަސްމިއްޔާތު އޮތީ ފިނޭންސް މިނިސްޓްރީގައި މިއަދު އެވެ.

މި ސެންޓަރ ހުޅުއްވައި ދެއްވީ މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރނަރ އަހުމަދު ނަސީރު އެވެ.

މި ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓްރީގެ ހުރިހާ މުއައްޒަފުން ބައިވެރިވި އެވެ. މި ޓްރެއިނިންގ ސެންޓަރުން ހިންގާނީ ޕަބްލިކް ފައިނޭންސް ސިސްޓަމް އާއި ގުޅުން ހުރި ޓްރެއިނިންގ ތަކެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.