ޒުވާނުން މަގުއޮޅިގެން ނުދާނީ އެގޮތަށް ގައުމުގެ ސިޔާސަތު ބައްޓަން ކޮށްގެން: އުމަރު

ދިވެހި ޒުވާނުންނަކީ ދީނަށް ކަމޭހިތާ، މުރާލި ހީވާގި، ތައުލީމީ އަދި ސިއްހަތު ރަނގަޅު ބަޔަކަށް ހެދޭނީ، އެމީހުންގެ ޒުވާން ދުވަސްވަރު މަގުއޮޅިގެން ނުދާގޮތަށް ގައުމުގެ ސިޔާސަތުތައް ބައްޓަން ކޮށްގެން ކަމަށް ކުރީގެ ހޯމްމިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު ވިދާޅުވީ ބައެއް ސިޔާސީ ބޭފުޅުން މަސައްކަތް ކުރައްވަމުން ގެންދަވަނީ ޑިސްކޯތަކާއި، ބަނގުރާ ވިއްކާ ބަރތަކާއި، ޑްރަގު އާންމު ކުރުމަށް ޒުވާނުންނަށް ހިތްވަރު ދެއްވަމުން ކަމަށެވެ. އެ ފަދަ މަސައްކަތަކީ ޒުވާނުންގެ މުސްތަގުބަލް ހަލާކުކޮށްލައި މަސްތުގެ ޝިކާރައަކަށް ޒުވާނުން ހެދުމަށް ކުރާ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޑްރަގާއި ޑިސްކޯ ގެ ފަދަ ވިޔާނުދާ ކަންކަމުގެ ތެރެއަށް ޒުވާނުން ވެއްދުމަކީ "އެއްކޮޅަށް ދުއްވާ މަގަކަށް ޒުވާނާ ވެއްދުމަކީ އެއްކޮޅަށް ދުއްވާ މަގަކަށް ޒުވާނާ ވައްދައި އޭނާގެ މުސްތަގުބަލް ހަލާކުކޮށްލާނެ ކަމެއް،" ކަމަށް އުމަރު ވިދާޅުވިއެވެ.

ޒުވާނުންނަށް ސަރުކާރުން ކޮށްދެއްވަންވީ ކަމަކީ ޔުނިވަރސިޓީ ތައުލީމާއި، ތަމްރީންތައް ހިލޭ ލިބޭނެގޮތަށް މަގުފަހިކޮށްދިނުމާއި ކުޅިވަރާއި ކަސްރަތުގެ ތެރެއިން ޒުވާނުންގެ ހަށިގަނޑު ދުޅަހެޔޮކަންމަތީ ބެހެއްޓޭނެ މާހައުލެއް ކަށަވަރު ކޮށްދެއްވުން ކަމަށްވެސް އުމަރު ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.