އަނާ - 55

(10 ޖުލައި 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ޠޫފާނެއްގެ ގަދަ ވަޔެއްހެން މާޖިދު ގެއަށް ހިނގައްޖެއެވެ. އަނާ މުޅީން އޭނާ ޙަރަކާތްތެރި ކުރުވައިފިއެވެ. އޭނާގެ ދަރިފުޅު ޙިނާއަށް ޒަހަރުދީގެން މަރާލީއެވެ. ކުށެއްނެތް ކުޑަކުޑަކުއްޖެއް މަރާލީއެވެ. އަދި އަނާއަށްވެސް ޒަހަރުދެމުން ގެންދިޔައީއެވެ.

އެ ޒަހަރުދޭ މީހަކަށްވާނީ ހަމައެކަނި އޭނާގެ ބައްޕައެވެ. އޭނާގެ ބައްޕައަކީ އޭނާގެ ދަރިފުޅުގެ ޤާތިލެވެ.

އޭނާ އޭނާގެ ބައްޕަޔާ އެތައްސުވާލެއް ކުރަން ބޭނުންވެއެވެ. "ކުށެއްނެތް ކުޑަކުއްޖެއްގެ ފުރާނަ ދުއްވައިގެން ބައްޕަ ތިޔަ ކުޅުއްވަނީ ކޮންކުޅިވަރެއް ހެއްޔެވެ.  އެކުއްޖާފުޅު ބައްޕައަށް ކުރީ ކީއް ހެއްޔެވެ؟"

ޙަޤީޤަތުގައި މާޖިދަށް ހޭވެރިކަންމިވީ މާލަސްވީފަހުންނެވެ.

ޙަޤީޤަތުގައި އޭނާ އަމިއްލައަށް ހޮވި  މީހަކީ އަނާއެވެ. އޭނާ ލޯބިވީ މީހަކީ ހަމަ އަނާއެވެ. ހިތާއި ފުރާނައިން އޭނާ އަނާއަށް ބޭނުންވެއެވެ.

ނަމަވެސް....

ބައްޕަ އަމިއްލަ އެދުމާއި ގޮތްދޫނުކުރުމުގެ ސަބަބުން އޭނާ މުޅީން ބަރުބާރުކޮށްލީއެވެ.

މާޖިދު މިހުރިހާ އެއްޗެއްސެއް ހިތަށް އަރުވަމުން އައިސް ޚާންއާޞިފްގެ ކޮޓަރީގެ ދޮރުކުރިމައްޗަށް ހުއްޓިއްޖެއެވެ. އަދި އޭނާގެ މުޅި ޙަޔާތުގައިވެސް  ފުރަތަމަ ފަހަރަށް ދޮރުގައި ޓަކިނުދީ ކޮޓަރިތެރެއަށް ވަދެއްޖެއެވެ. އެތެރެއަށް ވަތްއިރު

ޚާންއާޞިފް ކައިރީގައި ޒުމައްރަދު އިންދާ ފެނިފައި ކުއްލިއަކަށް ހުއްޓިއްޖެއެވެ. އޭނާ އިނީ އޭނާގެ ކުޑަދަރިފުޅު އުނގުގައި ބާއްވައިގެންނެވެ.

މާޖިދު ކޮޓަރިއަށް ވަނުމާއެކު ކޮޓަރިތެރެއަށް ހިމޭންކަން ވެރިވެއްޖެއެވެ. މާޖިދު ކުޑައިރުކޮޅެއް ވަންދެން ޒުމައްރަދާ ދިމާއަށް ބަލަން ހުއްޓެވެ. ދެން އޭނާގެ ބައްޕައާ ދިމާއަށް ބަލާލިއެވެ. އޭރުއިނީ ނުލާހިކު ހިތްހަމަޖެހިލައިގެން ސުއްޓާއެއް ބޯށެވެ.

މާޖިދުގެ މި ހީކުރެވިފައި ނެތް އައުމާމެދު ޚާންއާޞިފް ވިސްނާލިއެވެ. އަދި މާޖިދާ ދިމާއަށް ބަލާލާފައި އޭނާއަށް އެވަގުތު އައިސްފައިވާ ބަދަލުތައްވެސް ލަފާކޮށްލިއެވެ. އަދި އޭނާގެ ބަރުއަޑުން މާޖިދާ ދިމާއަށް ބުންޏެވެ. އާދޭ...އިށީންނަން... ނަމަވެސް މާޖިދު އިށީންނާކަށް ނޫޅެއެވެ. ކޮޓަރީގެ ފަހަތުގައިވާ ވިނަގަނޑާ ދިމާއަށް ހުޅުވާލާފައި ކުޑަދޮރު ކައިރިއަށްގޮސް ހުއްޓިއްޖެއެވެ. " ކަމަކާ ހާސްވާންޖެހުނީތަ!"

 ޚާންއާޞިފް ސުވާލުކޮށްލިއެވެ. ކުއްލިއަކަށް މާޖިދު އޭނާގެ ބައްޕައާ ދިމާއަށް އެނބުރިލާފައި ބުންޏެވެ.

"އަޅުގަނޑުގެ އަންހެނުންނަށާއި ދަރިފުޅަށް މި ގޭގައި ޒަހަރުދެމުން ގެންދިޔައީ ދަރިފުޅު މަރުވެއްޖެ ނަމަވެސް އަންހެނުން ސަލާމަތްވީ އޭނާ މަރުން ސަލާމަތްކޮށްދިނީ ޑޮކްޓަރުންގެ މަސައްކަތުން"

"ތިޔަ ދައްކަނީ ކޮންކަހަލަ ތާކުންތާކުން ނުޖެހޭ ވާހަކައެއްތަ؟ އޭނާއަށް ޒަހަރުދެނީ ކާކުތަ؟" ޚާއްއާޞިފް ރުޅިއައިސްފައި ބުންޏެވެ.

"ކާކަށްތޯ ދެވޭނީ؟" މާޖިދުގެ ސުވާލުގައިވަނީ ހިތްދަތި އަސަރެކެވެ.

"ކަލޭގެ ތިޔަވިޔާނުދާ އުޅުން ބަރުދާސްތެއް ނުކުރެވޭނެ.... މިހިރަކުއްޖާ! ކަލޭ ތިޔަވާހަކަ ދައްކަނީ ކަލޭގެ ބައްޕަ ޚާންއާޞިފާކަން ހަނދާން ނައްތާނުލާ!"

"އަޅުގަނޑު ހަމައެކަނި  އޮޅުން ފިލުވާލަން ބޭނުންވަނީ އެ ދެ މައިންނަށް ޒަހަރުދިނީ ކީއްކުރައްވަންކަން؟"

"ހައްތާވެސް ތިޔަހެރީ ވިޔާނުދާ ވާހަކަ އެހެންޏާފަހެ، އޭނާއަށް ޒަހަރުދޭނީ ކާކުތަ؟ އެ ނުލަފާ އަންހެންމީހާ ގަނ|ޑު އަނެއްކާ ކަލޭ މިތަނަށް ފޮނުވާފައި ތިޔަހެރީ ކޮންއެއްޗެހިތަކެއް ކިޔައިދީފައިތަ!"

"ބައްޕަ ބުނުއްވަން ތިޔަ އުޅުއްވަނީ އެ މީހުންނަށް މިގޭގައި އެކަކުވެސް ޒަހަރެއް ނުދެޔޭތޯ؟"

"އާދޭ... މިތާނގައި އިށީނދޭ..ޒުމައްރަދުވެސް މިހާރު މީނީ މި ގެއަށް އައިސް އަދި އަހަރެމެންގެ ކާފަދަރިފުޅު! އަދި އެވެސް ފިރިހެން ދަރިފުޅެއް ވެސް ގޮވައިގެން އަދި"

"އަޅުގަނޑު އައިސްމިހިރީ އަޅުގަނޑުގެ ދަރިފުޅު މަރާލި ޤާޠިލް ހޯދަންވެގެން ފަހަރެއްގައި މިހާރު އޭނާ އޭނާގެ ރަށަށް ގޮސް ނިމުނީކަމަށްވެދާނެ..."

"ކަލޭ ބުނަންބޭނުންވަނީ ކީކޭތާ!"

މާޖިދު އޭނާގެ ބައްޕަ ކުރި ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ބުންޏެވެ.

"މި ތާނގައި ހަމަޖެހިލައިގެން އިށީނދެބަލަ އަހަރެން މިމަސައްކަތްކުރީ ކަލެއަށް ވިސްނައިދެވޭތޯ ތިޔަހާ ބޮޑަށް ކަންބޮޑުވުމުގެ ބޭނުމެއްނެތް.... އަބަދުވެސް ކަންތައްތަކާމެދު ވިސްނަންވާނީ ފިނި ސިކުނޑިއަކުން ކަންތައްތަކުގައި އަވަސްވެގަތުމުން ގިނަފަހަރަށް ވާނީ ގެއްލުން."

މާޖިދު ޒުމައްރަދާ  ދިމާއަށް ލޯބޮޑުކޮށްލާފައި ބުންޏެވެ.

"ކަލޭ މިގ ެއަށް އައިސް ތިޔަ އުޅެނީ ކީއްކުރަން ކަލޭ އުޅެން ޖެހޭނީ ކަލޭގެ މައިންބަފައިންގެ ގާތުގައި ކަލޭ ތިޔަހަރީ ހަމަހޭގައި ނޫންކަންނޭނގެ."

 ޒުމައްރަދު ތުންހަދާލާފައި ބުންޏެވެ. "އަހަރެންނަކީ ކަލޭގެ ދަރިފުޅުގެ މަންމަ އަދި ކަލޭގެ އަނބިމީހާ އަހަރެންގެ އަސްލު ގެޔަކީ މި ގެ އަދި އަހަރެން މިހާރުމީނީ މި ގޭގައި."

"ގެއޭ... ކޮންގެއެއް....": މާޖިދު އަނެއްކާވެސް  ލޯބޮޑުކޮށްލާފައި ބުންޏެވެ. ޚާންއާޞިފް ކަންބޮޑުވެގެން ރާގު ބަދަލުކޮށްލާފައި މާޖިދާ ދިމާއަށް ބުންޏެވެ.

"މާޖިދު! އަހަރެން މިބުނަނީ މިތާނގައި ހަމަޖެހިލައިގެން އިށީންނާށޭ ކަލެއަށް ކަންތައް ވެގެން އުޅޭގޮތް ނުވިސްނެނީތަ؟ ވަރަށް ރަނގަޅަށް ވިސްނޭ ބައްޕާ! ނަމަވެސް އަޅުގަނޑު މިނަންގަންނަ އެއްޗެއްގެ ބުރަދަން ބައްޕައަށް އިހްސާސް ނުކުރެވޭނީކަމަށްވެދާނެ." މާޖިދުގެ އަޑުގައިވަނީ މަލާމާތާ ނުރުހުމުގެ އަސަރުތަކެކެވެ.

"ދަރިފުޅާ...އިށީނދޭ... އަރާމާއެކު ހިތްފިނިކޮށްލައިގެން...އިށީނދޭ.... ދެން ވާހަކަދައްކާ..... އަހަރެން ވެސް ދަރިފުޅު ދައްކާ ވާހަކަ އަޑުއަހާ އެވާހަކައަށް ވިސްނަން ބޭނުންވޭ."

މާޖިދު ގޮނޑިސެޓްގައި ޒުމައްރަދާ ތަންކޮޅެއް ދުރުގައި އިށީނދެއްޖެއެވެ. އެތަންވަޅު ޚާންއާޞިފް ބުންޏެވެ.

"އެންމެ ފުރަތަމަ ވާހަކައަކީ..މި ގޭގެ އެއްވެސް މީހަކު އަނާއަށް ނުވަތަ އޭނާގެ ދަރިފުޅަށް ޒަހަރުދީފައެއްނުވޭ.... ޙީނާ ބަލިވެއުޅެފައި މަރުވީ. ކަލޭގެ ހިތް އަހަރެންގެ މައްޗަށް ނުބައި ކުރުމަށްޓަކައި އަނާ ތިޔަ ވާހަކަ އެ ގޮތަށް ދެއްކީ އޭނާ މީގެ ކުރިންވެސްވަނީ އަހަރެންގެ އަތުން ހުރިހާ އެއްޗެއް އަތުލާފައި.  މިހާރު އަހަރެންގެ ދަރިފުޅުވެސް އަހަރެންގެ އަތުން އަލުތުލަންވެގެން މަސައްކަތް އެ ކުރަނީ  އޭގެ މާނައަކީ ހަމައެކަނި އޭގެ މާނައަކީ އަހަރެން އަމިއްލައަށް މަރުވުން ދަރިފުޅާ! އޭނާ ބަދަލުހިފުމަކުން މިއަދު މިހާރު އަހަރެންގެ ދަރިފުޅުވެސް އަހަރެންނާމެދު ހިތްނުބައި ކުރުމުގެ ވަގުތު މިވަނީ އައިސްފައި ކަންނޭނގެ އެއީ އޭނާ އެދޭގޮތް...އެކަމަކު ކަލޭގެ ބުއްދީން އެއްކިބާވެގެން އޭނާގެ ވާހަކަތަކަށް ހެއްލިގެން ވާނެތަ!"

މާޖިދު ކަންބޮޑުވެއްޖެއެވެ.

އޭނާއަށް ޔަޤީން ނުކުވޭފަދަ ގޮތެއްގައި ބައްޕައާ ދިމާއަށް ބަލާލިއެވެ. އެތަންވަޅު އޭނާއަށް މަޑުމައިތިރިކަން ވެރިވަމުންދާތަން ބަލަން އިނދެފައި ޒުމައްރަދު ބުނެލިއެވެ.

"އަޅުގަނޑު މީ ކަލާގެ އަންހެނުން ކަލާގެ ދަރިފުޅުގެ މަންމަ އަޅުގަނޑަށް މިދެނީ ކޮންކުށެއްގެ އަދަބެއްތޯ.... އެ މީހާ މި ގެއަށް އައުމާއެކު އެންމެ ފުރަތަމައިންވެސް އަޅުގަނޑު މި ގެއިން ނެރެލީ.. އޭނާ ކައިރިއަށް މުޅި ޝަހަރަށް މަޝްހޫރުވެފައިވާ ނުލަފާ ގުންޑާ އަދި މީހުންމަރާ މީހަކު ގެނެސްގެން އުޅެންފެށީ. އަދި އެއ ަންހެންމީހާގެ ބަހަށް އަޅުގަނޑު މި ގެއަށް ވަނަވެސް ނުދީ ހިފެހެއްޓީ....އަދި މިހާރު ކަލާ ތިޔަހުންނެވީ އޭނާ ކިޔާހާ ލަވަޔަކަށް ނައްޓަވަން."

"އަހަރެންނަށް މީނީ ހަނދާނެ ގޮތެއް ނޭނގިފައި... ކުށްވެރިޔަކީ ކާކުކަމެއް ނުވަތަ ކުއްވެރި ނޫނީ ކާކުކަމެއް ކަނޑައަޅާކަށް އަހަރެންނަކަށް ނޭނގެ މިއީ އަހަންނަށް ވިސްނޭވަރުގެ ކަމެއްނޫން."

މާޖިދު ނިތްކުރިގައި އަތް އުގުޅަމުން ބުންޏެވެ.

އަނެއްކާވެސް ޚާން އާޞިފް ވާހަކަ ދައްކަން ފެއްޓިއެވެ.

"މާޖިދު! ދުވަހަކުވެސް މައިންބަފައިންނަށް އެމީހުންގެ ދަރިންގެ ދުޝްމަނުންނަށް ވެވޭނެތަ! އަހަރެންގެ ހުރިހާ ކަމެއް ކޮށްފައިވާނީ ކަލޭގެ ރަނގަޅަށް ނަމަވެސް ކަލޭ އަންހެނެއްގެ ބަހަށް ހެއްލުނީ. އެ އަންހެންމީހާއަކީ އެއްފަރާތުގައި ޘަނާކަހަލަ ހުޝިޔާރު ވަކީލެއް. އަދި އަނެއް ފަރާތިގައި ބިއްލާ ކަހަލަ ނުބައި ގުންޑާއެއް ބަހައްޓައިގެން އުޅޭ އަންހެނެއް. އަހަރުމެން ހަލާކުކޮށްލުމަށް ޓަކައި އޭނާ ބޭނުންކުރާ ދެ ވަޞީލަތަކީ އެ ދެ މީހުން. އެކަމަކު ހައިރާންވާކަމަކީ އެ ދެ މީހުން ގަނެވޭނެ އެއްވެސް ގޮތެއްނުވާކަން އަހަރެން ފުރިހަމަބާރާއި އަސަރާއި އެކުގައި އެމީހުން ގަނެވޭތޯ މަސައްކަތް ކޮށްފިން. ނަމަވެސް ކާމިޔާބުވާގޮތެއް ނުވި. އެމީހުންނަށް އެ އަންހެންމީހާ ދައްކާނީ ކޮންއެއްޗެއްކަމެއްވެސް ނޭނގެ. މިއަދު ދަރިފުޅު ތިޔަގޮތަށް މަސްތުވެގެން އައިތަން ފެނިފައި އަދި ދަރިފުޅު ގާތަށް އައިސްފައި ހުރި ރުޅިފެނިފައި އެންމެ ފުރަތަމަ ބައްޕައަށް ކުރެވުނު ޚިޔާލަކީ އަމިއްލައަށް މަރުވުމުގެ ޚިޔާލު...އެހެނީ އެ އަންހެންމީހާ ބަދަލުހިފަން ބޭނުންވަނީ އެގޮތަށް. އެއީ އޭނާ އެދޭގޮތް."

މާޖިދު ތެދުވެއްޖެއެވެ.

އެއްވެސް އެއްޗެއް ނުބުނެއެވެ. މަޑުމަޑުން ބޭރަށް ނުކުމެގެން ހިނގައްޖެއެވެ. އޭނާވަނީ އޭނާގެ އަމިއްލަ ޙާލަތުގެ މައްޗަށް ވަރަށް ބޮޑަށް މަޖްބޫރުވެފައެވެ. އަދި ކުރާނެ ކަމެއްނެތްކަން އިޙްސާސްކުރެވިފައެވެ. އޭނާގެ އަމިއްލަ ކޮޓަރިއަށް ވަދެ ދޮރުލައްޕާލައިފިއެވެ.

ކޮޓަރިތެރޭގައި ދެކޮޅަށް ހިނގަމުން ވިސްނަމުން ގެންދަނީއެވެ.

(ނުނިމޭ)

ޢައްބާސް އިބްރާހީމް
ޢައްބާސް އިބްރާހީމަކީ ދިވެހިރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ އަލި ގަދަ ތަރިއެކެވެ. ޚިދުމަތުގެ އަގު ވަޒަން ނުކުރެވޭ ވަރުގެ އަގުހުރި ގިނަ ޚިދުމަތްތަކެއް ނޫސްވެރިކަމާއި ލިޔުންތެރިކަމަށް ކޮށްދެއްވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ. މިހާރުވެސް ލިޔުއްވަމުން ގެންދަވާ، ޒުވާން ލިޔުންތެރިންނަށް ނަމޫނާ ލިޔުންތެރިއެކެވެ. އާފަތިހުގެ މުއައްސިސެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.