ޔޯގާ ހަރަކާތުގެ ހަމަނުޖެހުމާ ގުޅިގެން ހައްޔަރުގައި ހުރި ޝިފާޒުގެ ބަންދަށް އިތުރު 15 ދުވަސް ޖަހައިފި

ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތަށް ހުރަސް އެޅުމުން ހައްޔަރުގައި ހުރި މ. ކުދެހިގެ، މުހައްމަދު ޝިފާޒްގެ ބަންދަށް އިތުރު 15 ދުވަސް ޖަހައިފިއެވެ.

އުމުރުން 29 އަހަރުގެ ޝިފާޒުގެ ބަންދަށް އިތުރު 15 ދުވަސް ޖެހީ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުންނެވެ.

މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތަށް ހުރަސް އަޅައި، ހިންގި ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރެއިން ހައްޔަރުގައި މިހާރުހުރީ ވެސް ޝިފާޒު އެކަންޏެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި ޝިފާޒަކީ ޔޯގާ ހަމަނުޖެހުން ހިންގަން ގަލޮޅު ދަނޑަށް ވަން މީހެކެވެ. އަދި ހަމަނުޖެހުމުގައި އޭނާ އަމަލީ ގޮތުން ބައިވެރިވެފައިވާ ކަމަށެވެ.

ޔޯގާ ހަމަނުޖެހުމާ ގުޅިގެން 25 މީހަކު ހައްޔަރުކުރިއިރު، އޭގެ ތެރޭގައި މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު އިސާމާއީލާއި ޝައިޚް ފަޒްލޫން މުހައްމަދާއި ޝައިޚް އާދަމް ނިޝާން ބިން އަލީ އާދަމް ވެސް ހިމެނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.