ރޯދަ މަޖާ: މޮޔަ ކުއްޖެއް

މަސައްކަތް

ދެ މީހަކު އަލަށް ހަދަމުންދާ ޕާކެއްގައި މަސައްކަތް ކުރަމުން ދަނީއެވެ. އެކަކު ވަޅެއް ކޮނެފައި ދުރަށް ޖެހިލުމާއެކު އަނެއް މީހާ އައިސް އެ ވަޅަށް ފަސްއަޅައި ފޮރުވައިލައެވެ. ފުރަތަމަ މީހާ ތަންކޮޅެއް ދުރަށް ޖެހިލާފައި އަނެއްކާވެސް ވަޅެއް ކޮނެލައެވެ. ދެވަނަ މީހާ އައިސް ފަސްއަޅައި ފޮރުވައިލައެވެ.

މި މަސައްކަތަށް މާ ގިނައިރު ވީމާ މަންޒަރު ބަލަން ހުރެފައި އަހައިލިއެވެ. "ކަލޭމެން ތިޔަ ކުރަނީ ކޮން ކަމެއް؟ އެކަކު ވަޅު ކޮންނައިރަށް އަނެއް މީހާ އައިސް އެބަ ފަސްޅައި ފޮރުވައިލާ."

އެމީހާ ބުންޏެވެ. "އަހަރެން ކޮނުނީމާ އެ ވަޅުގަނޑުގައި ގަހެއް އިންދަން ޖެހޭ. ގަސް އިންދީމާ މިހިރަ މީހާ ފަސްލާނެ. މިއަދު ގަސް އިންދާ މީހާ މަސައްކަތަކަށް ނާދޭ."

މޮޔަ ކުއްޖެއް

ކުޑަ ފިރިހެން ކުއްޖަކު ބޯކޮށާ ފިހާރައަކަށް ވަދެއްޖެއެވެ. ބޯކޮށާ މީހާ ފިހާރައިގައި އިން މީހަކާ ދިމާއަށް ބަލައިލާފައި ބުންޏެވެ. "މި ކުއްޖާ ވަރުގެ މޮޔަ ކުއްޖަކު އަހަރެން ދުވަހަކުވެސް ނުދެކެން. ބަލަން ހުރޭ."

މިހެން ބުނެފައި އޭނާ ފަސް ރުފިޔާގެ ނޫޓަކާއި އެއް ރުފިޔާ ނަގައިފިއެވެ. އެއް އަތުގައި ފަސް ރުފިޔާ އަނެއް އަތުގައި ފަސް ރުފިޔާ ބާއްވާފައި އެ ކުއްޖާ ގާތު ބޭނުން އެއްޗެއް ނަގާށޭ ބުނެފިއެވެ. އެ ކުއްޖާ އެއް ރުފިޔާ ނަގައިގެން ނުކުމެގެން ހިނގައްޖެއެވެ.

ބޯކޮށާ މީހާ ބުންޏެވެ. "ކޮބާ އަހަރެން ބުނީމެއްނު؟ އެ ކުއްޖާ މި ފިހާރައަށް ދުވާލަކު ދެތިން ފަހަރު ވަދޭ. ކޮންމެ ފަހަރަކު އަހަރެން މިހެން ހަދަން. އެކަމަކު އެއް ފަހަރުވެސް ފަސް ރުފިޔާއެއް ނުނަގާ."

ބޯކޮށަން ވަން މީހާ ބޯކޮށާ ނިމިގެން ނުކުތްއިރު އެއްކަލަ ކުއްޖާ މަގުމަތީގައި ހުއްޓައި ފެނިގެން އޭނާ އެހެން ހަދަނީ ކީއްވެގެން ހެއްޔޭ އަހައިލީމާ އެ ކުއްޖާ ބުންޏެވެ. "އަހަރެން ފަސް ރުފިޔާ ނަގައިފިއްޔާ ގޭމް ނިމިދާނެ. އޭނާ ދެން ރުފިޔާއެއް ނުދޭނެ."

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.