ލޯ އަނދިރިވުން
އަޙްމަދު ސިފައިންގޭގެ ވަޒީފާގައި އުޅޭތާ ދެތިން އަހަރު ވެއްޖެއެވެ. އެކަމަކު އޭނާ އެއްގޮތަކަށްވެސް ސިފައިންގޭގައި އުޅޭ ހިތެއް ނުވެއެވެ. އެކަމަކު ވަޒީފާއިން ވަކި ވެވޭނޭ ގޮތެއް ނުފެނުނެވެ. ދައްކާނޭ އެކަށީގެންވާ އުޒުރެއް ނެތީމައެވެ.
އެންމެ ފަހުން ވަރަށް ބޮޑަށް ވިސްނާފައި ލޮލުގެ ޑަކްޓަރަކަށް ދައްކަން ހިނގައްޖެއެވެ.
"އަޅުގަނޑަށް މިހާރަކު އެއްވެސް އެއްޗެއް ރަނގަޅަކަށް ނުފެނޭ. އެހެންވީމާ ސިފައިންގޭގައި އުޅުމަކީ އަޅުގަނޑަށްވެސް އަދި އެހެން މީހުންނަށްވެސް ރައްކާތެރި ކަމަކަށް ނުވާނެ."
ޑަކްޓަރު ބުންޏެވެ. "މި ގޮނޑީގައި އިށީނދޭ."
އަޙްމަދު އަހައިލިއެވެ. "ގޮނޑި ކޮބައިތޯ؟"
ޑަކްޓަރު އެހީތެރިވެގެން އަޙްމަދު ގޮނޑީގައި ބައިންދައިފިއެވެ. "ފާރުގައި އެހެރަ ޗާޓުގައި ހުރި އަކުރުތައް ކިޔޭތޯ ބަލައިލަބަލަ."
އަޙްމަދު އަހައިލިއެވެ. "ޗާޓު ކޮބައިތޯ؟ ފާރު ކޮބައިތޯ؟"
އަޙްމަދަށް ރަނގަޅަށް ނުފެންނަކަން ޑަކްޓަރަށް ޔަގީން ވެއްޖެއެވެ. އެހެންވީމާ ލިޔުމެއް ދީފިއެވެ. އެ ލިޔުމުގެ އެހީގައި އޭނާ ސިފައިންގޭގެ ވަޒީފާއިން ވަކިވެއްޖެއެވެ. ވީ އުފަލެއްގެ ބޮޑު ކަމުން އޭނާ ފުރަތަމަ ދިޔައީ ބައިސްކޯފުގެއަކަށް ފިލްމެއް ބަލާށެވެ.
ފިލްމު ނިމިގެން ބައިސްކޯފުގޭގެ ބޮކި ދިއްލީމާ ބަލައިލީއިރު ކަމަކު ދާކަށް ނެތެވެ. ޖެހިގެން ހުރި ގޮނޑީގައި މިއިނީ އޭނާ ބެލި ޑަކްޓަރެވެ. ޑްކަޓްރަށްވެސް އޭނާ އެނގިއްޖެއެވެ.
އަޙްމަދު ކުއްލިއަކަށް ދެ އަތް ފަތުރައިލަމުން އަހައިލިއެވެ. "މި ބަސް މި ދަނީ ކޮން ތަނަކަށްތޯ؟"
ބަސް
މީދަލެއް އޭނާގެ ދަރިން ގޮވައިގެން ހިނގާލަން ނުކުމެއްޖެއެވެ. މާ ދުރަށް ނުދެވެނީސް ކުރިމައްޗަށް ބޮޑު ބުޅަލެއް ނުކުމެއްޖެއެވެ. މީދާ ބިރުން ހަދާނޭ ގޮތް ބޮޑުވެފައި ކުއްލިއަކަށް ކުއްތާއެއްހެން ވައްވައް ޖަހައިގެންފިއެވެ. ބުޅާ ބިރުން އައިކޮޅަށް ދުއްވައިގެންފިއެވެ.
މީދާ ދަރިންނާ ދިމާއަށް ބަލައިލާފައި ބުންޏެވެ. "ދަރިންނޭ. މިއަދު މި ލިބުނު ފިލާވަޅު އަބަދުވެސް ހަނދާންކުރާތި. މާދަރީ ބަހުގެ އިތުރަށް އެހެން ބަހެއް އެނގުމަކީ ވަރަށް ބޭނުންތެރި ކަމެއް."