މިސްރާބު ބަދަލުކުރޭ
ރޭގަނޑުގެ ވަގުތެވެ. ބޯޓެއް ދުއްވާފައި ދަނިކޮށް ކުރިމަތިން އެއްޗެއްގެ އަލި ފެނިއްޖެއެވެ. އެ އަލި ހުރި ދިމާއަށް ބަލާއިރު ބޯޓުގައި ޖެހި އެކްސިޑެންޓެއް ވުމުގެ ފުރުސަތު އޮތުމާއެކު ބޯޓުގެ ކެޕްޓަން އަޑުގަދަކުރާއިން ގޮވައިލިއެވެ. "އަވަހަށް ދެ ދަރަޖަ އިރުމައްޗަށް މިސްރާބު ބަދަލުކުރޭ."
އަލި އަންނަ ދިމާއިން ގޮވައިލިއެވެ. "އަށްޑިހަ ދަރަޖަ ހުޅަނގަށް މިސްރާބު ބަދަލުކުރޭ."
ބޯޓުގެ ކެޕްޓަން ނުރުހިފައި ގޮވައިލިއެވެ. "މި ވާހަކަދައްކަނީ ބޯޓުގެ ކެޕްޓަން. ދެ ދަރަޖަ އިރުމައްޗަށް ބަދަލުކުރޭ. އެހެންނޫނީ އެކްސިޑެންޓެއް ވެދާނެ."
އަލި އަންނަ ދިމާއިން ގޮވައިލިއެވެ. "މި ވާހަކަދައްކަނީ އިންޖިނޭރެއް. އަވަހަށް އަށްޑިހަ ދަރަޖަ ހުޅަނގަށް މިސްރާބު ބަދަލުކުރޭ. އެހެންނޫނީ އެކްސިޑެންޓެއް ވެދާނެ."
ބޯޓުގެ ކެޕްޓަން ވަރަށް ބޮޑަށް ރުޅި އައިސްފައި ގޮވައިލިއެވެ. "އަވަހަށް މިސްރާބު ބަދަލުކުރޭ. ބޯޓު ވަރަށް ކައިރިވެއްޖެ. އަހަރެން މިއީ މި ބޯޓުގެ ކެޕްޓަން."
އަލި އަންނަ ދިމާއިން ގޮވައިލިއެވެ. "އަހަރެން މިއީ އިންޖިނޭރެއް. މިހިރީ ކަނޑިންމައިގެ ބައްތި މަރާމާތުކުރަން. ތިޔަ ފެންނަނީ މިތާނގައި ދިއްލާފައި ހުރި ބޮކި."
ލޯބިވާވަރު
އަނބިމީހާ: ކަލޭ އަހަރެންއ ދެކެ ލޯބިވަނީ ކިހައި ވަރަކަށް؟
ފިރިމީހާ: ވަރަށް ބޮޑަށް.
އަނބިމީހާ: ތިޔަވަރަކުން ނުވާނެ. ލޯބިވާ ވަރު ބުނޭ.
ފިރިމީހާ: މިބުނީނު ވަރަށް ބޮޑަށޭ.
އަނބިމީހާ: އެންމެ ރަނގަޅު. އަހަރެން މަރުވެއްޖެއްޔާ ކަލެއަށް ވާނީ ކިހިނެއް؟
ފިރިމީހާ: އަހަރެން ހަމަ ވަގުތުން މޮޔަވެދާނެ.
އަނބިމީހާ: އެހެން މީހަކާ ނީންނާނަންތަ؟
ފިރިމީހާ: އެޔެއް ނޭނގޭ. މޮޔައަކު ކޮންމެ ކަމެއްވެސް ކޮށްފާނެނު؟