މި ސަރުކާރު ވެރިކަމަށް އައުމާއެކު އިނގިރޭސިވިލާތުގައި ހުންނަވާފައި ރާއްޖެ ވަޑައިގަތީ ޑިފެންސް މިނިސްޓަރުކަން ދެއްވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީމާ ކަމަށް ކުރީގެ މިނިސްޓަރު ޢަލީ ވަޙީދު ވިދާޅުވެއްޖެއެވެ. މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޢަލީ ވަޙީދު ވިދާޅުވި ގޮތުގައި ޑިފެންސް މިނިސްޓަރުކަން ނުދެއްވީ އަވަށްޓެރި ގައުމަކުން އެކަމާ ދެކޮޅު ހެދީމާ ކަމަށް ފަހުން ގާތް ބޭފުޅަކު އޭނާ އަރިހު ވިދާޅުވިއެވެ.
ޢަލީ ވަހީދު ވިދާޅުވި ގޮތުގައި ޓޫރިޒަމް މިނިސްޓަރުކަން ދެއްވަން ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރައީސްކަމުގެ ހުވައި ކުރެއްވި ދުވަހުއެވެ. ޑިފެންސް މިނިސްޓަރުކަން މިހާރު ދެއްވެން ނެތް ކަމަށް ވިދާޅވި ކަމަށްވެސް ޢަލީ ވަޙީދު ވިދާޅުވިއެވެ.