ކަރަންޓުގެ އަގު އަންނަ އަހަރު ހެޔޮކުރާނަން- ރައީސް

އަންނަ އަހަރު ކަރަންޓުގެ އަގު ހެޔޮ ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ ސަރުކާރަށް ހަތަރު އަހަރު ފުރުމުގެ މުނާސަބަތުގައި މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ އަންނަ އަހަރު ކަރަންޓުގެ އަގު ހެޔޮވެގެން ދާއިރު ރާއްޖޭގެ އަތޮޅު ތަކުގެ ރައްތަކުގެ ތެރެއިން ސާފު ބޯފެން ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ރަށްރަށުގައި ގެދޮރުގެ ބޭނުމަށް ބޭނުންކުރާ ބޯފެނުގެ އަގުވެސް ހެޔޮކޮށް ދެއްވާނެ ކަމަށެވެ.

ކަރަންޓުގެ އަގު އަންނަ އަހަރު ހެޔޮވާނެ ކަމަށް ރައީސް ވިދާޅުވި ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް މިރޭގެ ޖަލްސާގައި ރައީސް ނުދެއްވައެވެ. ނަމަވެސް ރައްކާތެރި ގޮތުގައި ސާފު ބޯފެން ލިބޭނެ ނިޒާމް ހަމަޖައްސާފައިވާ ރަށްރަށުގައި ގެދޮރުގެ ބޭނުމަށް ބޭނުންކުރާ ފެނުގެ އަގު ހެޔޮކޮށް ދިނުމަށް ރައްޔިތުން އެދެމުން ދާތީ ގެދޮރުގެ ބޭނުމަށް ބޭނުންކުރާ ފެނުގެ އަގު ހެޔޮވާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސާފު ބޯފެނުގެ ނިޒާމް ރާއްޖޭގެ 138 ރަށުގައި މިހާރު ގާއިމް ކޮށްދީފައި ހުންނާނެ ކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް މިހާރު ސައުވީސް ގަޑިއިރު ކަރަންޓު ލިބެން ހުންނާނެ ކަމަށެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.