އިދިކޮޅު ޕީޕީއެމް. ޕީއެންސީ ކޯލިޝަނުން، މަޖިލީހަށް ވެއްދި، ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲގެ ޢިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހުގެ ސުޕަރ މެޖޯރިޓީ އެމްޑީޕީން ވޯޓު ނުދީ ފެއިލް ކޮށްލައިފިއެވެ.
ޢިތުބާރު ނެތްކަމުގެ މައްސަލަ ފެއިލް ކޮށްލައިފައިވަނީ 53 މެމްބަރުންގެ ވޯޓުންނެވެ. ޢިތުބާރު ނެތްކަމަށް ވޯޓް ދެއްވީ 11 މެމްބަރުންނެވެ.
އެމްޑީޕީ ޕާލަމަންޓްރީ ގުރޫޕުން ފާސްކޮށްފައިވާ ފަދައިން މިމައްސަލައިގައި އެމްޑީޕީ މެމްބަރުން ވަކާލާތުކުރެއްވީ މިނިސްޓަރ ޢިމްރާން ޢަބްދުﷲގެ ދިފާއުގައެވެ.
ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ޢިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް އިދިކޮޅު ޕީޕއެމް، ޕީއެންސީން ވައްދައިފައި ވަނީ އެގާރަ މެމްބަރުންގެ ސޮޔާއެކުއެވެ. އިދޮކޮޅު ކޯލިޝަންގެ މެމްބަރުންގެ އިތުރުން އެމައްސަލައަށް ތާއީދުކޮށް ސޮއި ދެއްވީ އަމިއްލަ ދެ މެންބަރުން ކަމަށްވާ ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމާއި ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމެވެ.
އިދިކޮޅުން ހޯމް މިނިސްޓަރ ޢިމްރާންގެ ޢިތުބާރު ނެތްކަމުގެ މައްސަލަ ހުށައަޅާފައިވަނީ ހުޅުމާލޭ ފަޅުތެރޭގައި އަޅާފައި އޮތް ސަފާރީއެއްގައި އަންހެނަކަށް ޖިންސީ ގޯނާކޮށް ރޭޕްކުރުމަށް މަސައްކަތްކުރި މައްސަލައާއި ގުޅިގެން ރޭޑިއޯ ޕްރޮގްރާމެއްގައި ހޯމް މިނިސްޓަރ ދެއްކެވި ވާހަފުޅުތަކާ ގުޅިގެންނެވެ. މީގެއިތުރުން މިނިވަން ނޫހުގެ ނޫސްވެރިޔާ ރިޟްވާން ގެއްލުވާލި މައްސަލައާއި ޑރ. އަފްރާޝީމްގެ މަރާލި މައްސަލައާ ގުޅޭގޮތުން މޭޑޭގައި ދެއްކެވި ލިޔުންތަކުގެ ވާހަކަ ފަހުން މިނިސްޓަރ ޢިމްރާން ދެއްކެވި ގޮތުގެ މައްޗަށް ވެސް ޢިތުބާރު ނެތްކަމުގެ މައްސަލައިގައި ވަނީ ރިޢާޔަތް ކުރައްވައިފައެވެ.