ކްރިމިނަލް ކޯޓުން އަޙްމަދު އަދީބުގެ މައްސަލައިގައި ހުޚުމް ކުރެއްވީ ރަނގަޅަށް ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި ވުމާއެކު އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރައްވާނެ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ޝަމީމް ވިދާޅުވީ ފަނޑިޔާރު ޙުކުމާ ހަމައަށް ވާސިލުވެފައިވާ ގޮތަކީ ގާނޫނީ ގޮތުން ބެލި ނަމަވެސް އަދި މަވްޟޫޢީ ގޮތުނ ް ބެލި ނަމަވެސް އާއްމު ބުއްދީގެ ހަމަތަކުން ބެލި ނަމަވެސް ހަމަޖެހޭ ގޮތެއް ނޫނެވެ. ހުކުމުގހައި އޮތީވެސް ދެތިން ފޮޅުވަތްކަމަށާއި ބައެއް ކަންތައްތައް ހުރީ ގާނޫނީ ހަމައެއްގެ މަތީގައި ނޫން ކަމަށާއި ފަނޑިޔާރަށް ފެނިވަޑައިގަންނަވާ ގޮތެއް ކަމަށް ވިދާޅުވެފައިވެސް ބައެއް ކަންތައްތައް ނިންމާފައިވާ ކަމަށް ޕީޖީ ވިދާޅުވިއެވެ. ޕީޖީއާއި ވެސް އަދި އަދީބާވެސް ސުވާލު ކުރެއްވުމެއް ނެތި ފަނޑިޔާރަށް ފެނިވަޑައިގެން ކަންތައްތައް ނިންމުމަކީ ގާނޫނު ދަންނަ ކަމެއް ނޫންކަމަށާއި އެއީ ގަބޫލު ކުރައްވާނޭ ކަމެއް ނޫން ކަމަަށްވެސް ޝަމީމް ވިދާޅުވިއެވެ.