މަގާމުން އިސްތިއުފާ ދެއްވުމަށް ޓުއަރިޒަމް މިނިސްޓަރަށް ރައީސް އަންގަވައިފި

ޓުއަރިޒަމް މިނިސްޓަރ ޢަލީ ވަޙީދު މަގާމުން އިސްތިއުފާ ދެއްވުމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިރޭ އަންގަވައިފިއެވެ. 

ޢަލީ ވަޙީދު އިސްތިއުފާ ދެއްވުމަށް ރައީސް އެންގެވީ އަޚްލާގީ މައްސަލައަކާ ގުޅިގެން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް ޙޫދު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވިއެވެ. ޙޫދު ވިދާޅުވިގޮތުގައި ޢަލީ ވަޙީދު އިސްތިއުފާ ދެއްވުމަށް ރައީސް އެންގެވީ "މަސައްކަތުގެ މާޙައުލުގައި ހިނގައިގެން ނުވާނެ ފަދަ ޢަޚްލާގީ މައްސަލަތަކެއް ޓުއަރިޒަމް މިނިސްޓްރީގައި ހިނގާފައިވާ ކަމުގެ ޝަކުވާ އެ މިނިސްޓްރީގެ މުއައްޒަފުންތަކެއް ރައީސުލް ޖުމްހޫރިއްޔާ އަށާއި ޖެންޑަރ މިނިސްޓްރީ އަށް ހުށަހެޅުމާ ގުޅިގެން" ނެވެ. 

މިއަހަރުގެ ކުރީ ކޮޅު  ޢަލީ ވަޙީދުގެ ބޭއަދަބީ ފޯނު ކޯލުތަކެއްގެ މައްސަލައެއް ވެސް ފެންމަތިވެފައި ވެއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

3 ޚިޔާލު

  1. ހަމަ މިގޮތަށް ދީނަށްފުރައްސާރަކޮށް ﷲ އަށާއި ރަސޫލާއަށް ބަދުބަސްބުނަމުންދާމީހުންނަށްވެސް ޒީރޯ ޓޮލަރެންސް އޮންނާނެނަމަ ހާދައުފާވީހެވެ. އެކަމަކު ކުރާނީ ކީއް؟މުޅި އޮޑީގައި ހަސަނުގެ ދެފައި..ސަރުކާރުގެ ހުރިހާ ދިމާލެއްގައި އެ މީހުން..ހިތާމައިގެ ކޮޅެއް ނެތް.

  2. ???
    Beyadhabee phone call ge massalaiga fiyavalhu neylhiyas mifaharu majubooru vejje dhoa gotheh hadhan..
    Ekamaku adhives anganee isthiufaa dheyn??? Magaamun vakikurumuge baaru raeesah netheetha?

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.