ފަތުރުވެރިކަން މެދަށް ބަރުވެފައި އޮންނައޮތުން ނިމުމަކަށް ގެންނާނަން: ޢަލީ ވަޙީދު

މިނިސްޓަރ ޢަލީ ވަޙީދު: ފޮޓޯ މޯލްޑިވްސް ޓައިމް

ރާއްޖޭގެ އިރާއި ދެކުނަށް ނުވަތަ އުތުރާއި ދެކުނަށް ފަތުރުވެރިކަން ފުޅާކުރައްވަން ބޭނުންފުޅުވާ ކަމަށް ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނަށް މިއަދު މަޢުލޫމާތު ދެއްވަމުން މިނިސްޓަރ ވިދާޅުވީ މިހާތަނަށް ރާއްޖޭގެ ފަތުރުވެރިކަންއޮތީ މާލޭ ސަރަޙައްދުގައި ނުވަތަ ވެލާނާއިންޓަރނޭޝަނަލް އެއާޕޯޓާ ކައިރި ސަރަޙައްދުގައި "މެދަށް ބަރުވެފައި" ކަމަށެވެ. އެކަންއެހެން އޮންނަ އޮތުން މިސަރުކާރުން (އިރާދަކުރެއްވިއްޔާ) ބަދަލު ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

 ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓާ ދުރު ހިސާބުގައި ފަތުރުވެރިކަން ތަރައްޤީ ކުރުމަށްހުރި ގޮންޖެހުން ތަކަށް ރިޢާޔަތްކޮށް މިހާތަނަށްހެދި އެސެސްމެންޓު އިކޮނޮމިކް ކައުންސިލަށް މާދަމާ ހުށަހަޅުއްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެއީ ރައީސުލްޖުމްހޫރިއްޔާގެ ވަރަށްބޮޑު  އިސްނެންގެވުމެއް ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. އެ އެސެސްމެންޓް ހަދާފައިވަނީ ހުރިހާ އަތޮޅަކަށް ދަތުރު ކުރައްވައި މަޢުލޫމާތު އެއްކޮށްގެންނެވެ.

 "އަބަދު މެދަށް ބަރުވެފަ ގާތްގަނޑަކަށް މިއޮތީ ފަތުރުވެރިކަން. މިގޮންޖެހުންތަކާ އަބަދު ސަފަރ ކުރުން ދެކުނާއި އުތުރަށް އޮންނައޮތުން އިރާދަކުރެއްވިއްޔާ މިސަރުކާރުން ބަދަލު ކުރާނެ،" މިނިސްޓަރ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.