އެމެރިކާ ރަސްމީކޮށް ޑަބްލިޔުއެޗްއޯއިން ވަކިވެއްޖެ

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) ގެ މެންބަރުކަމުން އެމެރިކާ ރަސްމީިކޮށް ވަކިވެއްޖެކަމުގައި އެމެރިކާގެ ސެނެޓަރ ބޮބް މެނެންޑޭޒް ވިދާޅުވެއްޖެއެވެ.

ސެނެޓްގެ ފޮރިން ރިލޭޝަންސް ކޮމިޓީގައި އެންމެ އިސްކޮށް ހުންނަވާ ޑިމޮކްރެޓިކް ސެނެޓަރ މެނެންޑޭޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވާ ގޮތުގައި އެމެރިކާ ޑަބްލިޔުއެޗްއޯއިން ރަސްމީކޮށް ވަކިވެއްޖެކަން ކޮންގްރެސްއަށް ވަނީ އަންގަވާފައެެވެ.

ސެނެޓަރ މެނެންޑޭޒް އިތުރަށް ވިދާޅުވެފައިވާ ގޮތުގައި ކޮވިޑް- 19 ފަަދަ ބޮޑު ބަލިމަޑުކަމެއްގެ ތެރޭގައި މިފަދަ ނިންމުމެއް ނިންމުުމުން އެމެރިކާ މީހުން އިތުރަށް ބަލިވެ، އެމެރިކާ އެކަހެރިވުން ނޫންކަމެއް ނުވާނެއެވެ.

6 ޖުލައި 2021 އިން ފެށިގެން ޑަބްލިޔުއެޗްއޯގެ މެންބަރުކަމުން އެމެރިކާ ވަކިވާނެކަން އަންގައި ޑަބްލިޔުއެޗްއޯގެ ސެކްރެޓަރީ ޖެނެރަލްއަށް ސިޓީ ފޮނުވާފައި ވާކަން ސްޓޭޓް ޑިޕާޓްމަންޓް (ޚާރިޖީ ވުުޒާރާ) ގެ އޮފިޝަލަކުވެސް ވަނީ ކަށަވަރުކޮށްދެއްވާފައެވެ. އެހެން އޮފިޝަލަކު ޚަބަރުފަތުރާ ބައެެއް ވަސީލަތްތަކަށް މައުލޫމާތުދެއްވި ގޮތުގައި އެމެެރިކާ ސަރުކާރުން ޑަބްލިޔުއެޗްއޯއަށް ފޮނުވާފައި ވަނީ ވަރަށް ކުރު، އެންމެ ތިން ޖުމްލައިގެ، ސިޓީއެކެވެ.

1948 ވަނަ އަހަރު އެމެރިކާ ޑަބްލިޔުއެެޗްްއޯ މެންބަރަކަށް ވާން އެމެރިކާގެ ގާނޫނުހަދާ މަޖިލިސް، ކޮންގްރެސްއިން ފާސްކުރި ގަރާރުގައި ވާގޮތުން، އެއް އަަަހަރުގެ ނޯޓިސް ދިނުމަށް ފަހު ޑަބްލިޔުއެޗްއޯއިން މެންބަރުކަން ދޫކޮށްލެވިދާނެއެވެ. އެއީ ހިނގާ އަހަރު އެމެރިކާއިން ޑަބްލިޔުއެޗްއޯއަށް ދައްކަން ޖެހޭ ފައިސާ ދެއްކުމަށް ފަހުގައެވެ.

ޑަބްލިޔުއެޗްއޯއިން އެމެރިކާ ވަކިވާން ޖެހިދާނެ ކަމުގެ އިންޒާރު ރައީސު ޑޮނާލްްޑް ޓްރަމްޕް ފުރަތަމަ ދެއްވާފައި ވަނީ ފާއިތުވި އެޕްރީލް މަހުގެ ތެރޭގައެވެ. އަދި މޭ މަހުގެ ތެރޭގައި ރައީސު ޓްރަމްްޕް ވަނީ އެމެރިކާއިން ޑަބްލިޔުއެޗްއޯއަށް ދޭ ފައިސާ ހިފަހައްޓަވާފައެވެ.

ޑަބްލިޔުއެޗްއޯ އިން ކޮވިޑް- 19 އާއި ދެކޮޅަށް ކުރާ މަސަައްކަތާ މެދު ޝަކުވާކުރުމަށް ފަހު އެ ޖަމްއިއްޔާއިން ވަކިވާން އެމެރިކާ ނިންމި އިރު، އެ ގައުމަކީ ދުނިޔޭގައި ކޮވިޑް- 19 ގެ ހާލަތު އެންމެ ގޯސް ގައުމެވެ. މިހާތަނަށް އެމެރިކާގެ 2.9 މިލިއަން މީހުން ކޮވިޑް- 19 އަށް ޕޮޒިޓިވްވެފައި ވާއިރު، އެ ބަލީގައި އެ ގައުމުގެ 1 ލައްކަ 30 ހާހަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.