ގަލޮޅު ބޯޅަދަނޑުގައި ކޮވިޑަށް ޓެސްޓު ކުރަނީ

ގަލޮޅު ބޯޅަދަނޑުގައި ބިދޭސީންގެ ބަޔަކު ކޯވިޑް-19 އަށް ޓެސްޓު ކުރަމުން އެބަ ގެންދެއެވެ. މިއީ މިއަދު މެންދުރު ފަހު 2.30 ހާއިރު ޕިކަޕެއްގައި ކޮންމެވެސް ތަނަކުން ގެނައި ބައެކެވެ. ލަފާކުރެވޭ ގޮތުގައި މިއީ މާލެ ތެރޭގައި ބިދޭސީން ޓެސްޓު ކުރުމުގެ މަސައްކަތުގެ ތެރެއިން ކުރިއަށް ދާ ކަމެކެވެ.

ދަނޑަށް މީހުން ގެންނަނީ އެމްއެންޑީއެފްގެ އެހީތެރިކަމާއެކުގައެވެ. މިހައި ތަނަށް ދެ ޕިކަޕުގައި މީހުން ގެނެސްފިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.