އާފަތިސް ރޯދަ ބަދިގެ: ފިހުނު އާފަލު

ބޭނުންވާނެ ބާވަތްތައް:

4 ފެހި އާފަލު

4 މެޒުމަތީ ސަމުސާ ހަކުރު

ފޮނިތޮށި

4 މޭޒުމަތީ ސަމުސާ މާމުއި

2 މޭޒުމަތީ ސަމުސާ ފެން

ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ އާފަލު ދޮވެލުމަށްފަހު ތޮށި މަށާށެވެ. ދެން ބޭރަށް ލުނބޯ ހުތް ބުރުވާލާށެވެ. ނުވަތަ ލުނބޯ ފަޅިއެއް އާފަލުގެ ބޭރުގައި އުނގުޅާށެވެ. އެއަަށްފަހު އާފަލުގެ މެދުގަ އިންނަ ބައި ނަގާށެވެ. ދެން އަވަނަށް ލެވޭ ކަހަލަ ތަށްޓެއްގައި އާފަލު އަތުރާށެވެ.

ޓްރޭގައި އާފަލު އެތުރުމަށްފަހު ކޮންމެ އާފަލެއްގެ ތެރެއަށް ފޮނިތޮށި ގަނޑެއް ލާށެވެ. ދެން ތަށީގެ ތެެރެއަަށް ފެންފޮދު އޮއްސާލުމަށްފަހު އަވަނަށޤ ލައި ފިހެލާށެވެ. އަވަނުގެ ހޫނުމިން ބަހައްޓަންވާނީ 200 ޑިގްރީ ސެލްސިއަސްގައެވެ. އާފަލު ފިހެވި، ކުލަ އަރަން ފެށުމުން ބޭރުގައި މާމުގައި އުނގުޅާށެވެ. މާމުއި ހޭކުމަށްފަހު އިތުރު ފަސް މިނެޓު ފިހެލާށެވެ.

ދެން ޓޫތުޕިކަކުން ފިހެވުނުތޯ ބަލާށެވެ. އުނދަގުލަކާ ނުލައި ޓޫތުޕިކު އާފަލުގެ ތެރެއަށް ވަދެގެން ދާނަމަ އާފަލު ހުންނާނީ ރަނގަޅަށް ފިހެވިފައެވެ.  

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.