ނަވާޒް ޝަރީފު ބޮޑު ވަޒީރުކަމަށް އެކަށީގެން ނުވާ ކަމަށް ސުޕްރީމް ކޯޓުން ހުކުން ކޮށްފި

ޕާކިސްތާނުގެ ބޮޑު ވަޒީރު މުޙައްމަދު ނަވާޒް ޝަރީފު ބޮޑު ވަޒީރުކަމުގެ މަގާމަށް އެކަށިގެން ނުވާ ކަމަށް ޕާކިސްތާނުގެ ސުޕްރީމް ކޯޓުން ހުކުން ކޮށްފިއެވެ. އަދި އެމަނިކުފާނުގެ މައްސަލަ ނޭޝަނަލް އެކައުންޓަބިލިޓީ ބޯޑުން ބަލަންވެސް ކޯޓުން ހުކުން ކުރިއެވެ.

މިއަދު ސުޕްރީމް ކޯޓުގައި ކުރިއަށް ދިޔަ ޕެނަމާ ޕޭޕަރ  ކޭހުގެ ހުކުން އިއްވީ ޖަސްޓިސް އިޢުޖާޒް އަފްޒަލް ޚާން އެވެ. އޭނާ އަކީ މި މިއްސަލަ ބަލަން އެކުލަވާލި ބެންޗުގެ އިސް ޖަޖެވެ.

ހުކުން އިއްވަމުން ޖަސްޓިސް ޚާން ވިދާޅުވީ  ޖޮއިންޓް އިންވެސްޓިގޭޝަން ޓީމު (ޖޭއައިޓީ)ން އެއްކޮށްފައިވާ ހުރިހާ ލިޔެކިޔުންތައް ހަ ހަފްތާ ތެރޭގައި އެކައުންޓެބިލިޓީ ކޯޓަށް ފޮނުވުމަށާއި ކޭސް ހުޅުވައިލާނީ އެމް.އެން.އޭ ކެޕްޓަން މުޙައްމަދު ސަފްދާރާއި، މަރިޔަމް ނަވާޒް އާއި، ހަސަން ނަވާޒް، އަދި ހުސައިން ނަވާޒް ޝަރީފު ގެ މައްޗަށެވެ.

މި މީހުންނާ މެދު 30 ދުވަހުގެ ތެރޭގައި ގޮތެއް ނިންމަން ޖެހޭނެ ކަމަށް ވެސް ޖަސްޓިސް އިޢުޖާޒު ވިދާޅުވިއެވެ. މިއަމުރު ތަންފީޒު ކުރުމުގެ ކަންކަން ބަލަހައްޓާނީ ޖަޖުންގެ ތެރެއިން އެއް ބޭފުޅެކެވެ. 

ނަވާޒު ޝަރީފު ބޮޑު ވަޒީރުކަމަށް އެކަށީގެން ނުވާ ކަމަށް ކޯޓުން ކަނޑައަޅާފައިވަނީ ގާނޫނު ހަދާ މަޖިލީހަށާއި، ކޯޓުތަކަށް އޮޅުވާލައި މަކަރު ހަދާފައިވާތީ އެވެ. އެމަނިކުފާނާއި އެކު އެމަނިކުފާނުގެ މާލީ ވަޒީރު އިސްހާގް ދާރް އަދި ކެޕްޓަން ސަފްދާރް ވެސް މަގާމަށް އެކަށިގެން ނުވާކަމަށް ކޯޓުންވަނީ ކަނޑަައަޅާފައވެ.

މިއީ ނަވާޒް ޝަރީފަށް ދައުރު ހަމަކުރެއްވުމުގެ ފުރުސަތު  ގެއްލިވަޑައިގެންނެވި ތިން ވަނަ ފަހަރެވެ. ނަވާޒު ޝަރީފް މަގާމަށް އެކަށިގެން ނުވާ ކަމަށް ކަނޑައެޅި ކަމުގައި ވިޔަސް ދައުރު ނިމެންދެން ވެރިކަމުގައި އޮންނާނީ އެމަނިކުފާނުގެ ޕާޓީއެވެ. އިންޠިޚާބު އޮންނާނީ 2018ވަނަ އަހަރުއެވެ. އިންޠިޚާބާއި ޖެހެންދެން މަގާމަށް ގެންނަވާނީ ކޮން ބޭފުޅެއް ކަމެއް އަދި ސާފެއް ނުވެއެވެ.

ކޯޓުގެ ހުކުން ތަންފީޒު ކުރުމުގެ އިންތިޒާމު ހަމަޖެއްސެވުމަށް ނަވާޒު ޝަރީފަށް އެންގެވުމަށް ޕާކިސްތާނުގެ އިލެކްޝަންސް ކޮމިޝަނަށް ވަނީ އަމުރު ކޮށްފައެވެ.

1 ޚިޔާލު

  1. ނަވާޒު ޝަރީފުވެއްޖިޔާ ޕެނަމާ ޕޭޕަރ. އެކަމު ރ.ޔާމިން އެމް.އެމް.ޕީ.އާރ.ސީ ރިޕޯރޓާއި، ސްޓީލިންގ ޕެރަޑައިސް، ރޔާމިންގެ އިއުތިރާފު އަދި އޯޑިޓަރ ޖެނެރަލް ނިޔާޒުގެ ބަސްދީގަތުން. މިހާ ސާފުކޮށް ފެންނަން އޮތް މައްސަލައެއްްގައި ދިވެހި ސުޕްރީމް ކޯޓަށް ހުށަޅަންޖެހޭ. މަޖިލީސް ހިސޯރުކޮށްފައި އޮތްއޮތުމުން މަޖިލީހަކުން އެކަމެއް ދެނެއް ނުބެލޭނެ. ރ.މަޖިލިސް މަރުތަޅު ކޯޓް މަރުތަޅު ސިޔާސީ ޕާރޓީ މަރުތަޅު މިނިވަންކަން މަރުތަޅު ނޫސްވެރިން ޕާސްޕޯރޓްތައް މަރުތަޅު. ސަރުކާރަށް އިމެއް ނެތް މިނިވަންކަން.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.