ފަސޭހަ ގޮތް
ފިރިމީހާ އެއްރެއަކު ގެއަށް އައި އިރު އޭނާގެ އަންހެނުންގެ ކައިރީގައި ހިލޭ ފިރިހެނަކު އޮތެވެ. މި މަންޒަރު ފެނިފައި ބަލާކަށް ނުހުރެ ބަޑި ހިފައިގެން އައިސް ބަޑި ޖަހައި އަންހެނުން މަރާލައިފި އެވެ. މި މައްސަލައިގައި އޭނާގެ މައްޗަށް މަރުގެ ދަޢުވާ އުފުލިއްޖެ އެވެ. ކޯޓުގައި ކުރެވުނު ދަޢުވާ ގައި ދަވްލަތުގެ ވަކީލު އޭނާޔާ ސުވާލު ކުރިއެވެ.
"ހިލޭ ފިރިހެނަކު ގޮވައިގެން އޮތީ ކަލޭގެ އަންހެނުން- އެ ފިރިހެންމީހާ އަކީ ކަލެޔަކާ އެއްވެސް ގުޅުމެއް ހުރި މީހެއް ނޫން- ކަލޭގެ އަންހެނުންނަކީ ކަލޭގެ ދަރިންގެ މަންމަ- ތިރީސް އަހަރު ވާންދެން އިނދެގެން އުޅުނު މީހާ- އެހެންވީމާ އެ ފިރިހެންމީހާ މަރާލުމުގެ ބަދަލުގައި އަންހެނުން މަރާލީ ކީއްވެގެން-؟"
ފިރިހެންމީހާ ވަރަށް ހަމަޖެހިލައިގެން ހުރެ ޖަވާބު ދިނެވެ.
"އަންހެނުން މަރާލީމާ އަޅުގަނޑަށް އެންމެ ކުށެއް ކޮށްފައި ފަރު ޖެއްސެން އޮތީމާ އެހެން ހެދީ- ފިރިހެން މީހާ މަރާލި ނަމަ އަޅުގަނޑަށް ޖެހޭނީ ކޮންމެ ރެއަކު މީހަކު މަރާލަން-"
ވާހަކަ ކިޔައިދިނުން
ގެއެއްގެ ސާޅީސް ވަނަ ބުރީގައި ހުންނަ އެޕާޓްމެންޓެއްގައި ދިރިއުޅޭ ތިން ރަޙްމަތްތެރިންނެވެ. ތިން މީހުން އެއް ރެޔަކު ބައިސްކޯފަށް ގޮސްފައި އެނބުރި ގެއަށް އައި އިރު ޢިމާރާތުގެ ލިފްޓު ހުރީ ހަލާކު ވެފައެވެ. އެހެންވީމާ ސާޅީސް ވަނަ ބުރިއަށް އަރަން ޖެހުނީ ސިޑިންނެވެ. އެހައި މައްޗަށް އަރަން ޖެހޭތީ އުފުލަން ޖެހޭ ބުރައާއި، ބޭކާރު ވެގެން ދާނޭ ވަގުތު ހަނދާން ނައްތާލުމުގެ ގޮތުން ތިން ރަޙްމަތްތެރިން ރޭވީ ވާހަކަ ކިޔަމުން މައްޗަށް އަރާށެވެ.
ފުރަތަމަ ރަޙްމަތްތެރިޔާ ކިޔަން ފެށީ ބީރުބޮލު ވަޒީރުގެ ވާހަކައެވެ. އޭނާގެ ވާހަކަ ނިމުނު އިރު ސަތާރަ ވަނަ ބުރިއާ ހަމައަށް އެރިއްޖެ އެވެ. އެ ހިސާބުން ދެވަނަ ރަޙްމަތްތެރިޔާ ވާހަކަ ކިޔަން ފަށައިފި އެވެ. އޭނާ ކިޔަން ފެށީ ޖުހާގެ ވާހަކަ އެވެ. އެ ވާހަކަ ނިމުނު އިރު ތިރީސް ހަތަރު ވަނަ ބުރިއަށް އެރިއްޖެ އެވެ.
ދެން އޮތީ ތިން ވަނަ ރަޙްމަތްތެރިޔާގެ ވާހަކައެވެ. އެކަމަކު އޭނާ ވާހަކަ ކިޔާކަށް ނޫޅުނެވެ. އިރުކޮޅަކު ހުރެފައި މާނޭވާ ލަމުން ބުންޏެވެ. "އަހަރެން ކިޔައިދޭން އޮތީ ވަރަށް ހިތާމަވެރި ވާހަކައެއް- އެހެންވީމާ ރަނގަޅު ވާނީ އަހަރެންގެ ވާހަކަ ނުކިއްޔާ-"
އަނެއް ދެ ރަޙްމަތްތެރިން މި ކަމަކާ އެއްބަހެއް ނުވިއެވެ. "ތިޔަހެން ހަދައިގެން ނުވާނެ- މިހާރު އަހަރެމެން މިތިބީ ތިރީސް ހަތަރު ވަނަ ބުރީގައި- ދެން ބާކީ އޮތީ ހަބުރި- އެހެންވީމާ ކޮންމެވެސް ވާހަކައެއް ކިޔައިދޭން ވާނެ- ހިތާމަވަރި ވާހަކަ އަކަށް ވިޔަސް އެންމެ ރަނގަޅު- ކިޔަން ފަށާ-"
ތިން ވަނަ ރަޙްމަތްތެރިޔާ ބުންޏެވެ. "އަހަރެންގެ ވާހަކަ މާ ދިގެއް ނޫން- މިއީ ވަރަށް ކުރު ވާހަކައެއް- ރަޙްމަތްތެރިންނޭ- އަޑު އަހާ- އަހަރެމެން މި ހިސާބަށް މި އެރީ ދަބަސް ތިރީގައި ބަހައްޓާފައި- އެޕާޓްމަންޓްގެ ތަޅުދަނޑި އޮތީ ދަބަހުގައި-!"
ރުޅި ކޮންޓްރޯލް ކުރުން
ފިރިމީހާ: ކަލެއަކީ ވަރަށް ރުޅި ގަދަ މީހެއް- އަދި ރުޅި އަންނަނީވެސް މާ އަވަހަށް-
އަނބިމީހާ: ތިޔަކަން އަހަންނަށްވެސް އެނގޭ އެކަމާ ދެރަވެސްވޭ- އެކަމަކު ކީއްކުރާނީ-؟ ހަމަ ރުޅި އާދެވެނީ-
ފިރިމީހާ: ދެން ރުޅި އަންނަ ފަހަރަކު އެކަކުން ފެށިގެން ދިހަޔަކާ ހަމައަށް ގުނާ-
އަނބިމީހާ: އެންމެ ރަނގަޅު- އެކަމަކު ތިޔަހެން ހެދީމާ ވާނީ ކިހިނެއް-؟
ފިރިމީހާ: އޭރުން ދުވެ ފިލާނެ ވަގުތު އަހަންނަށް ލިބޭނެ-