އާފަތިސް ރޯދަ ބަދިގެ: ކެރެޓު ކޭކު

ބޭނުންވާނެ ބާވަތްތައް:

250 ގުރާމު ފުށް

1 ½ ސައިސަމުސާ ބޭކިން ޕައުޑަރ

1 ސައިސަމުސާ ބޭކިން ސޮޑާ

½ ސައިސަމުސާ ލޮނު

4 ބިސް

200 ގުރާމު ހަކުރު

¾ ޖޯޑު ތެޔޮ

350 ގުރާމު ކެރެޓު

3 ސަމުސާ އޮރެންޖު

3 ސަމުސާ އޮރެންޖު ތޮށި

ތައްޔާރުކުރާނެ ގޮތް:

ފުށާއި ބޭކިން ޕައުޑަރާއި ބޭކިން ސޮޑާ އަދި ލޮނު ފުރާނާލާށެވެ.

ދެން ބުސް ގިރުމަށްފަހު އޭގެ ތެރެއަށް ހަކުރު އެއްކޮށް، ހަކުރު ވިރެންދެން ގިރާށެވެ.

ހަކުރު ވިރުމުން އޮރެންޖު އަދި އޮރެންޖު ތޮށި ކޮޅު އެްކޮށްލާށެވެ. އެއަށްފަހު ތެޔޮ އަޅާށެވެ.

ދެން ފުރާނާފައި ހުރި ފުށް ދޭފަތަކުން ހަކުރާއި އެއްކުރާށެވެ. އެއަށްފަހު ކެރެޓު އަޅައި ރަނގަޅަށް އެއްކޮށްލާށެވެ.

ދެން ޓްރޭއަކަށް ހުސްކުރުމަށްފަހު 170 ޑިގްރީއަށް އަވަން ހޫނުކުރުމަށްފަހު ފިހެލާށެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.