އާފަތިސް ބަދިގެ: ވެނީލާ ކްރީމް ބްރޫލީ

ވެނީލާ ކްރީމް ބްރޫލީ އަކީ ފަސް ބާވަތެއް ބޭނުންކޮށްގެން ތައްޔާރުކުރާ ވަރަށް މީރު ޑެޒަރޓެކެވެ.

ބޭނުންވާނެ ތަކެތި:

2 ޖޯޑު ހެވީ/ލައިޓް ކްރީމް ނުވަތަ 1 ޖޯޑް ހެވީ ކްރީމް، 1 ޖޯޑު ލައިޓް ކްރީމް

1 ސައިސަމުސާ ވެނީލާ އެސެންސް

ކުޑަ ލޮނުކޮޅެއް

ފަސް ބިހުގެ ގޮބޮޅި

½ ޖޯޑު ހަކުރު، އަދި ޓޮޕިންގ އަށް އިތުރު ބައި ޖޯޑު

ތައްޔާރުކުރާނެ ގޮތް: 

އެންމެ ފުރަތަމަ 325 ޑިގްރީއަށް އަވަން ހޫނުކުރަން ޖައްސާށެވެ. ދެން ތެއްޔެއްގައި ކްރީމާ އާއި ވެނީލާ އާއި ލޮނު އެއްކުރުމަށް ފަހު މަޑު ގިނީގައި ހޫނު ވަންދެން ކައްކާށެވެ. ދެން ވެނީލާ އެސެންސް އަޅައި ހިހޫ ކުރަން ބަހައްޓާށެވެ.

ބޯތަށްޓެއްގައި ބިހުގެ ގޮބޮޅި އާއި ހަކުރު ގިރާށެވެ. ކްރީމްގެ ހަތަރުބައިކުޅަ އެއްބައި ބިހުގެ ތެރެއަށް އަޅައި ރަނގަޅަށް ގިރުމުން އެ މިކްސަރ ބާކީ ހުރި ކްރީމްގެ ތެރެއަށް އަޅައި އެއްކުރާށެވެ. ދެން އަވަން ޕްރޫފް ކުދި ތަށިތަށްޓަށް އެޅުމަށްފަހު ބޭކިން ޑިޝް އެއްގައި އަތުރާށެވެ. ދެން ކުދި ތަށިތަކުގެ މެދާ ހަމައަށް ކެކިކެި ހުރި ފެން އަޅާށެވެ. އެއަށްފަހު އަވަނުގައި 30 މިނިޓް ނުވަތަ 40 މިނޓް ވަންދެން ފިހޭށެވެ. ދެން ރަނގަޅަށް ފިނި ކުރުމަށްފަހު ފްރިޖުގައި 12 ގަޑި އިރު ބަހައްޓާށެވެ. ނުވަތަ ދެ ތިން ދުވަހަށްވެސް ބެހެއްޓިދާނެއެވެ.

ކާން ނަގަންވީމަ ތަށިތަކުގެ މައްޗަށް ސައިސަމުސަލެއްގެ ހަކުރު އަޅާށެވެ. ދެން އުނދުން މަތީގައި ބަހައްޓައިގެން ހަކުރު ވިރި މުށި ކުލަ އަރަންދެން ނުވަތަ 5 މިނިޓް ވަރު ހޫނު ކޮށް، 2 ގަޑި އިރު ފަހުން ކާން ނަގާށެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.