އަމާޒު ބޯޓްގެ ކެޕްޓަން ޕޮޒިޓިވް ވުމާ ގުޅިގެން ގިނަ ރަށްތަކެއް މޮނިޓަރިންގައި

އަމާޒު ބޯޓްގެ ކެޕްޓަން ކޮވިޑަށް ޕޮސޒިޓިވް ވުމާ ގުޅިގެން އެބޯޓް ދަތުރު ކުރި ގިނަރަށްތަކެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވބާކަމަށް ނެޝެނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) އިން ވިދާޅުވެއްޖެއެވެ. 

މިރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި އައިޖީއެމްއެޗްގެ ޑޮކްޓަރ އަފްޒަލް ވިދާޅުވީ މި ކޭސް އާ ގުޅިގެން ގުޅުން ހުރި 51 މީހަކު ހޯދިފައިވާ ކަމަށެވެ. އޭގެތެރެއިން މިހާތަނަަށް 5 މީހެއްގެ ފަރާތުން ބަލީގެ އަލާމާތައް ފެންނަމުން ދާކަމަށެވެ. މި ކޭސްއާ ގުޅިގެން ގިނަ ބަޔަކު ޕޮސިޓިވް ވުމުގެ ފުރުޞަތު  އޮތްކަމަށް ވެސް ޑރ. އަފްޒަލް ވިދާޅުވިއެވެ. 

އަމާޒު ބޯޓް މާލެއިން ފުރީ މާލެ ލޮކްޑައުންނަށް ގެނައި ދުވަސް ކަމަށްވާ އޭޕްރީލް 15 ވަނަ ދުަވަހުގެ ތިނެއް ޖެހި އިރުއެވެ. އެ ބޯޓްގައި ނ. އަދި ށ އަތޮޅުގެ 98 މީހަކު ދަތުރުކޮށްފައި ވެއެއެވެ.  މިދެ އަތޮޅުގެ 10 ރަށެއްވަނީ މޮނިޓަރިންގެ ޙާލަތަށް ގެނެސް ފައެވެ. ނ އަތޮޅުން މޮނިޓަރިންގައި ވަނީ  މާފަރާއި ހެނބަދޫއާއި މިލަންދޫ އާއި  ކެނދިކޮޅުދޫއާއި ވެލިދޫއާއި ހޮޅުދޫއެވެ. 

ށ. އަތޮޅުން މޮނިޓަރިންނަށް ގެނެސް ފައިވަނީ ނަރުދޫ އާއި ފުނަދޫ އާއި މިލަންދޫ އާއި ފީވަކެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.