މާލެއިން ހަވަނަ މީހަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެ

މާލެއިން ހަވަނަ މިހަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ.

ފަސްވަނަ ކޭސް އެކޭ އެއްގޮތަށް ހަވަނަ މީހާއަކީ ވެސް MAV023އާ ސީދާ ބައްދަލުވީ މީހެކެވެ. މި މީހާ ޕޮޒިޓީވްވި ކަން އެނގުނީ ބަލީގެ އަލާމާތްތައް ފެނިގެން ޓެސްޓު ހެދުމުންކަމަށް އެޗްޕީއޭިން ބުންޏެވެ. އެޗްޕީއޭ އިން ގެންދަނީ މި މީހާ އެކަހެރި މަރުކަޒަކަށް ގެންދިއުމުގެ މަސައްކަތްކުރަމުންނެވެ. 

މިއީ މާލެއިން ކޯވިޑަށް ޕޮޒިޓިވް ދިވެހި ހަވަނަ މީހާއެވެ. އެޗްޕީއޭ އިން  ގެންދަނީ ބޭރަށް ނުގޮސް ގޭގައި މަޑުކުރުމަށް ކެނޑިނޭޅި އިލްތިމާސްކުރަމުންނެވެ.

މާލެއިން މީހަކު ބައްޔަށް އަލަށް ޕޮޒިޓިވް ވުމާގުޅިގެން ބުދަ ދުވަހުން ފެށިގެން މާލެވަނީ ބަންދުކޮށްފައެވެ. އަދި މިއަދު ހަވީރު ހަޔަކުން ފެށިގެން ޒަރޫރީ ބޭނުމެއްގައި ނޫންގޮތަކަށް އެއްރަށުން އަނެއް ރަށަށް ދަތުރުކުރުންވެސް މަނާވާނެއެވެ. 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.