އެޕްރީލް 4 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި މާލޭގައި ބަހައްޓާ އަތޮޅުތެރޭގެ ވޯޓު ފޮށިތަކަށް އަދިވެސް އޮފިޝަލުން ހަމަނުވާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް އާދަމް ވިދާޅުވީ އެފޮށިތަކަށް އޮފިޝަލުން ހަމަނުވިޔަސް ރަށް ރަށްރަށުގައި ބަހައްޓާ ވޮށިތަކުގެ 99 ޕަސެންޓު ފޮށިތަކަށް އޮފިޝަލުން ހަމަވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންމަވެސް ކ. މާފުށި ވޯޓުފޮށްޓަށް އޮފިޝަލުން ހަމަނުވާ ކަމަށާއި އެއީ އަބަދުވެސް އޮފިޝަލުން ހޯދަން ދަތިވާ ފޮއްޓެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ މާލެއާ ކައިރިރަށެއް ކަމަށްވުމުން ކޮންމެވެސް ގޮތަކުން އެކަން ހަމަޖެހޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.
މާލޭގައި ބަހައްޓާ ރަށްރަށުގެ ފޮށިތަކަށް އޮފިޝަލުން ހަމަވާނުވާތީ އަލުން މީހުންނެގުމުގެ މަސައްކަތް މުއައްސަސާތަކާގުޅިގެން ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ޝަރީފް ވިދާޅުވީ ރާއްޖޭގައި ކޮރޯނާ ވައިރަސް އޮތުމުން އިންތިޚާބު ފަސް ކުރަން ވަރަށްގިނަ ފަރާތްތަކުން ގޮވާލަމުންދާ ކަމަށެވެ. އެހެންނަމަވެސް އެފަދަ ބާރެއް އީސީއަށް ލިބިފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ. އެކަން ކުރަންޏާ ކޯޓުގެ އަމުރެއް ބޭނުންވާނެ ކަމަށާއީ އީސީއަށް އިންތިޚާބު އެންމެ ބޮޑަށް ލަސްކުރެވޭނެ މެއި 3 އަށް ކަމަށް އޭނާ ވިދާޅވިއެވެ.