ސީޕްލޭން ޓަރމިނަލް ކަންތައް އަވަހަށް ނިންމުން މުހިންމު: ރައީސް ނަޝީދު

ސީޕްލޭން ޓަރމިނަލްގެ ކަންތައްތައް އަވަހަށް ނިންމުން ވަރަށް މުހިންމު ކަމަށް ރާއްޖޭގޭ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެކަން އެގޮތަށް ކުރަންޖެހެނީ ދެވަނަ ރަންވޭ ހުޅުވައި އެއާޕޯޓު ބާރަށް ހިންގަން ކަމަށެވެ.

"ދެވަނަ ރަންވޭ ހުޅުވައި އެއާޕޯޓު ބާރަށް ހިންގަން ފެށުމަށް، ދިވެހި ސަރުކާރާއި ޓީއެމްއޭ، ދެފަރާތް އެއްބަސްވެވޭ ގޮތަކަށް ސީ ޕްލޭން ޓަރމިނަލްގެ ކަންތައް އަވަހަށް ނިންމުން ވަރަށް މުހިންމު،" އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ރައީސް ނަޝީދު މި ގޮތަށް ޓުވީޓުކުރެއްވީ ސީޕްލޭން ޓަރމިނަލް ޓީއެމްއޭއަށް ދިނުމާމެދު ޚިޔާލު ތަފާތުވުން އުފެއްދިފައި ވެސް ވަނިކޮށްނެވެ. ޚިޔާލު ތަފާތުވުންތަކުގެ ތެރެއިން ވެސް އެތަން މިހާރުވަނީ ޓީއެމްއޭއަށް ދީފައެވެ.

ރައީސް ނަޝީދު ވިދާޅުވެފައިވަނީ ޓީއެމްއޭއަށް ސީޕްލޭން ޓަރމިނަލް ދިނުމުގައި ގޯސްކޮށް ކަމެއް ކަމެއް ހިނގައިފައިވިޔަސް އެކަމުގައި އިހުމާލުވާ ފަރާތްތަކާ ދެކޮޅަށް ދައުވާ އުފުލުމަކީ އެހެން ކަމެއް ކަމަށެވެ.

"ޓީއެމްއޭއަށް ޓަރމިނަލް ދިނުމުގައި ގޯސްކޮށް ކަމެއް ހިނގާފައިވާނަމަ އެކަންކުރި މީހަކަށް ނުވަތަ ބަޔަކަށް ދައުވާ އުފުލުން އެއީ އެހެން ކަމެއް،" ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.