ރައީސް ނަޝީދު ސްރީލަންކާއަށް ވަޑައިގަންނަވަނީ

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ސްރީލަންކާއަށް ވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުން ކޮށްފައިވާ ޓްވީޓެއްގައި ވަނީ ރައީސް ނަޝީދުގެ މި ދަތުރުފުޅަކީ ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

އެހެންނަމަވެސް އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

އިގްތިސާދީ ކާރިސާއެއްގެ ތެރެއަށް ލަންކާ ވެއްޓިފައިވާ މި ދަނޑިވަޅުގައި ލަންކާއަށް ބޭރުގެ އެހީތެރިކަން ހޯދައިދެއްވުމަށް އެހީތެރިވެވަޑައިގަންނަވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވުމުން، އެ މަސައްކަތް ލަންކާގެ ބޮޑުވަޒީރު ރަނިލް ވަނީ ލަންކާއަށް އެހީ ހޯދުމުގެ މަސައްކަތް ރައީސް ނަޝީދުއާ ހަވާލު ކުރައްވާފައެވެ.

އެ ގައުމަށް ކުރިމަތިވެފައިވާ އިގްތިސާދީ ދަތިކަމާއި ގުޅިގެން އެގައުމުގެ ހާލަތު ވަރަށްބޮޑަށް ގޯސްވެފައިވާއިރު، ލަންކާއަށް މިވަގުތު ކާބޯތަކެތީގެ ދަތިކަން ވެސް ވަނީ ކުރިމަތިވެފައެވެ.

ކުރިއަށް އޮތް އޮގަސްޓް މަހުގެ ތެރޭގައި އެގައުމު މިހާރުއޮތް ހާލަތުން ސަލާމަތް ނުވެއްޖެނަމަ، ކާބޯތަކެތީގެ ބޮޑު ކާރިސާއެއް ކުރިމަތިވެ، ރައްޔިތުން ބަނޑަށް ޖެހިދާނެކަމުގެ އިންޒާރު އެގައުމުގެ އާ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ ވަނީ ދެއްވާފައެވެ.

2 ޚިޔާލު

  1. އަންނި މިދެން ކާކުތަ އަޅެ ލަންކާއަށް އެހީ ހޯދަންދޭންށޭ ކިޔާފަ މިއުޅެނީ...އެއްވެސް ކަމެއް ވެގެނެއްނޫން ހަމަ މަޝްހޫރުވާން ވެގެން.

  2. ރައީސް ނަޝީދަކީ އިރެއްގައި ގަދަރު އުފުލުނު ވެރިއެކެވެ. ނަމަވެސް މިހާރު ބޭޏުންކޮށްފަ އެއްލައިލާ ޓިޝޫއެއް ފަދައެވެ. ދިވެހި ގައުމުގެ މާތްވި އިސްލާމީ ފޭރާން ހަލާކުކޮށްލުމުގެ އެންމެ މުގުލުގައި ހުރި މީހަކީ ނަޝީދެވެ. އާފަތިސް ނޫހުގެ ޗެއާމަން އޮނަރަބަލް ޢައްބާސް އިބްރާހީމާއި މުޅި އާއިލާގެ އަބުރު ކަތިލައި ރައީސް މައުމޫނަކީ ޑިކްޓޭޓަރެކޭ ބުނެ ދޮގު ބުހުތާނު ޚަބަރު ފެތުރި ނުބައި ނނުލަފާ މީހަކީ ނަޝީދެވެ. އޭނާ އެކަންކުރީ ހަމައެކަނި ސިޔާސީ ބޭނުމަކަށްޓަކައެވެ. އާޚިރުގައި ވީ ކިހިނެއް ހެއްޔެވެ؟ އޭނާއަށް ވެރިކަން ލިބުނީ ދައުރު ހަމަނުކޮށް އަމިއްލައަށް އިސްތިއުފާދިނީއެވެ. ވާނީވެސް އެހެންނެވެ. އިސްލާމްދީނާ ކުޅެން ފެށީމާ ދިވެހިންވެސް ހިމޭނަކުން ނުތިބޭނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.