ތިން އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު ބަންދު ކޮށްފި

ކުޑަ އަންހެން ކުއްޖަކަށް ޖިންސީގޯނާ ކޮށްގެން އަނެއްކާ ވެސް މީހަކު ބަންދުކޮށްފިއެވެ.

މިފަހަރުވެސް ކުއްޖާއާ ބެހިފައިވަނީ ދެކުނުގެ ރަށަކުން ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. މިފަހަރު ބެހިފައިވަނީ އުމުރުން ތިން އަހަރުގެ ކުއްޖަކާއެވެ. އެކުއްޖާއާ ބެހިފައިވާ މީހާގެ އުމުރަކީ 76 އަހަރެވެ.

އެކުއްޖާއާ ބެހުނު މީހާ ބަންދުކޮށްފައިވަނީ ކޯޓުގެ އަމުރެއްގެ ދަށުން މިއަދު 1:00 އެހައިކަންހާއިރު ކަމަށް ފުލުހުން ވިދާޅުވިއެވެ. އެ މީހާއަކީ ފުލުހުންގެ ސައުތު ސެންޓްރަލް ޕޮލިސް ޑިވިޜަނަށް ނިސްބަތްވާ ރަށެއްގެ މީހެކެވެ. އެ ސަރަހައްދުގައި ހިމެނެނީ ތ. އަތޮޅާއި ލ. އަތޮޅެވެ. ނަމަވެސް މިހާދިސާއެއް ހިނގީ އެތަނުން ކޮންއަތޮޅެއްގައިކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ. ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރިކުރުމުގެ ގޮތުން ކުއްޖާގެ މިފަދަ މައުލޫމާތު ފުލުހުން ހާމައެއް ނުކުރެއެވެ.

މިމައްސަލަ ފުލުހުން މިހާރު ދަނީ ތަހުގީގުކުރަމުންނެވެ. މިދުވަސްވަރު ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް ވަނީ އިތުރުވެފައެވެ. އެގޮތުން ފާއިތުވި ހަފްތާގެ ތެރޭގައިވަނީ ދެ އަހަރުގެ ކުއްޖަކު ރޭޕްކުރި މައްސަލައެއްވެސް ވަނީ ތިލަވެފައެވެ. އެމައްސަލާގައި އެކުއްޖާގެ ބައްޕައާއި ކާފަ އަދި މުނިކާފަ ވަނީ ބަންދުކޮށް ދޫނިދުއަށް ގެންގޮސްފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.