ސިފައިންގެ ދެމީހަކު ކުޑަކުއްޖަކު ރޭޕުކުރި ކަމުގެ މައުލޫމާތު ލިބިފައެއްނެތް: އެމްއެންޑީއެފް

ސިފައިންގެ ދެ މީހަކު 15 އަހަރުގެ ކުޑަ ކުއްޖަކު ރޭޕް ކުރިކަމަށް ބުނެ އެއްވެސް ފަރާތަކުން މައުލޫމާތު ދީފައި ނުވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފުން ނެރެފައިވާ ބަޔާނެއްގައި ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ރޮޒައިނާ އާދަމް، މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގައި ވިދާޅުވުމާ ހަމައަށް އެފަދަ ކަމެއް ހިނގާފައިވާކަމުގެ މަޢުލޫމާތު އެއްވެސް ފަރާތަކުން އެތަނާ ހިއްސާ ކޮށްފައި ނުވާކަމަށެވެ.

" ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި މިކަމުގެ ވާހަކަފުޅުދެއްކެވި ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރާއި އަދި ފުލުހުންނާ، މި މުއައްސަސާގެ ފަރާތުން ގުޅުމުން، 15 އަހަރުގެ ކުޑަ ކުއްޖަކު ރޭޕްކުރިކަމެއް ނުވަތަ އެކަމެއް ކުރި މީހަކު ނުވަތަ ބަޔަކު ބުނެދެވިފައެއް ނުވެއެވެ." އެމްއެންޑީއެފުން ވިދާޅުވެފައިވެއެވެ.

އެމްއެންޑީއެފުން ވިދާޅުވެފައިވަނީ ސިފައިންގެ މީހެއްގެ ފަރާތުން އެފަދަ ދަށު ދަރަޖައިގެ ލާއިންސާނީ ޢަމަލެއް ހިނގާފައިވާކަމުގެ މައުލޫމާތެއް އެއްވެސް ފަރާތަކުން އެތަނަށް ދީފި ކަމަށްވާނަމަ އެ މައްސަލައެއް ވަގުތުން ބަލައި ވަގުތުން ފިޔަވަޅު އަޅުއްވާނެ ކަމަށެވެ. ކުރިއަށް އޮތްތަނުގައި ވެސް އެގޮތައް އަމަލު ކުރައްވާނެ ކަމުގެ ޔަގީންކަމަށް ދެއްވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ގއ.ކަނޑުހުޅުދޫގައި އުމުރުން ދެ އަހަރު ނުވާ މައުސޫމު ކުޑަ ކުއްޖަކު ރޭޕް ކުރި މައްސަލައަކީ ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުން ވެސް ނުހަނު ކަންބޮޑުވާކަމެއް ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވެފައިވެއެވެ.  ލާއިންސާނީ އަނިޔާވެރި  އެ އަމަލު ހިނގި ފަރާތްތަކަށް ހައްގު އަދަދު ދެއްވުމަކީ އެމްއެންޑީއެފުން ވެސް ނުހަނު ބޮޑު އެދޭކަމެއް ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.