ހުވަދުއަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ވައިޓު އެލާޓް ނެރެފި

ހުވަދު އަތޮޅުން ފެށިގެން އައްޑޫސިޓީއާ ދެމެދުގެ ރަށްތަކަށް މޫސުމާބެހޭ އޮފީހުން ވައިޓު އެލާޓު ނެރެފިއެވެ.

ހުވަދައަތޮޅުގެ ދެބުރިއާއި ފުވައްމުލަކާއި އައްޑޫ ސިޓީއަށް ވައިޓު އެލާޓު ނެރެފައިވަނީ މިރޭ 22:30 އިން މެންދަމުން އަލިވެ 3:30 އާ ހަމައަށް ކަމަށް މޫސުމާ ބެހޭ އޮފީހުން ވިދާޅުވެފައިވެއެވެ.

އެވަގުތުގައި ގުގުރުމާއެލު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރައްވާ ކަމަށް ވެސް އެ އޮފީހުން ވަނީ ހާމަކޮށްފައެވެ. މިރޭގެ 8:00 އިން މާދަމާރޭގެ 8:00 އަށް އާއްމު މޫސުމަށް ބަލާއިރު ދެކުނުގެ އެކިހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށް މޫސުމާބެހޭ އޮފީހުން ވަނީ ވިދާޅުވެފައެވެ. ވެސް އެހެން ހިސާބުތަކަށް ކެރީގެ އަސަރު ފޯރިނަމަވެސް، މޫސުން އާންމު ގޮތެއްގައި ރަނގަޅު ވާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

އިރުއުތުރާއި އިރުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި، އެހެން ހިސާބުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ އެވެ.

ދެކުނުގެ ކަނޑުތައް އާދައިގެވަރަކަށް މަޑު ވާނެ، އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށްވެސް މޫސުމާބެހޭ އޮފީހުން ވިދާޅުވެފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.