ހއ. އާއި ތ. އަތޮޅާ ދެމެދުގެ ރަށްތަކަށް އުދަ އަރާފާނެ ކަމަށް ލަފާކޮށްފި

ހއ. އާއި ތ. އަތޮޅާ ދެމެދުގެ ރަށްތަކަށް އުދަ އަރާފާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފިއެވެ.

މެޓް އޮފީހުން އެ ސަރަހައްދަށް ވައިޓް އެލަރޓް ވެސް ނެރެފައިވާއިރު، އެ ސަރަހައްދަށް ބޯކޮށް ވާރޭވެހުމާ އެކު ގުގުރާނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިޖެހޭނެ ކަމަށް ވެސް ލަފާކޮށްފައިވެއެވެ.

ފާއިތުވެ ދިޔަ ދެ ދުވަހު ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވެފައިވާއިރު، މިހާރުކުރަމުން މިދަނީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށާއި އެހެންވެ، މޫސުމަށް ސަމާލުވެ ތިބުމަށް ކަމާއިބެހޭ އިދާރާތަކުން އަންނަނީ އިލްތިމާސް ކުރަމުންނެވެ.

ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ އެންމެފަހުގެ މައުލޫމާތަށް ބަލާއިރު، 11 އަތޮޅެއްގެ 35 ރަށަކަށް އުދަ އަރައިގެން ވަނީ ރިޕޯޓްކޮށްފައެވެ. އޭގެ ތެރޭގައި 451 ގެއަކަށް އެކި ކަހަލަ ގެއްލުންތައް ވެސް ލިބިގެން ވަނީ ރިޕޯޓްކޮށްފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.