ސްރީލަންކާގެ ރިޔާސީ އިންތިޚާބު: މިހާތަނަށް ލިބުނު ނަތީޖާއިން ކުރީގައި އުޅުއްވަނީ ގޮތާބޭ ރާޖަޕަކްސާ

ސްރީލަންކާގައި އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބުގެ ވޯޓު ގުނަމުން ދާއިރު، މިހާތަނަށް ލިބުނު ނަތީޖާތަކުން ކުރީގައި އުޅުއްވަނީ ސްރީލަންކާ ޕޮދުޖަނާ ޕެރުމޫނާ (އެސްއެލްޕީޕީ) ގެ ކެންޑިޑޭޓު ގޮތާބޭ ރާޖަޕަކްސާއެވެ. އޭނާއާ އެންމެ ގާތުން ވާދަކުރައްވަނީ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) ގެ ކެންޑިޑޭޓު ސަޖިތު ޕްރެމަދާސާއެވެ.

މިހާތަނަށް (ރާއްޖޭ ގަޑިން ހެނދުނު 10:40) ގުނިފައިވާ ވޯޓުގެ ނަތީޖާއަށް ބަލާއިރު ގޮތާބޭ ރާޖަޕަކްސާ ވަނީ ވޯޓުގެ %50.36 ހޯއްދަވާފައެވެ. ސަޖިތު ރާޖަޕަކްސާއަށް ލިބިވަޑައިގެންފައި ވަނީ ވޯޓުގެ %43.71 އެވެ. އިންތިޚާބުގައި 35 ކެންޑިޑޭޓުން ވާދަކުރެއްވި އިރު އެހެން ކެންޑިޑޭޓަކަށް ފާހަަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދެވިފައި ނުވެއެވެ.

ނާތީޖާއަށް ބަލާއިރު، ސިންގަޅަ ސަރަހައްދުތަަކުގައި އާއްމުގޮތެއްގައި ކުރީގައި އުޅުއްވަނީ ގޮތާބޭ ރާޖަޕަކްސާއެވެ. އެހެންނަމަވެސް، އުތުރާއި ދެކުނުގައި ތަމަޅައިން ގިނަ ސަރަަހައްދުތަކުގައި ސަތިޖު ޕްރެމަދާސާ ކުރިހޯއްދަވާފައިވާ ކަން ފާހަަަގަކުރެވެއެެވެ. ކޮލޮމްބޯ، ހަންބަންޓޯޓާ، މާތަލަ، ބަދުއްލާ، ގަންޕަހާ، ގާއްލޭ، ނޫވަރާއެލިޔާ ފަދަ މެދުތެރެއާއި ދެކުނު އަދި ހުޅަނގުގެ ޑިސްޓްރިކްޓްތަކުގައި ގޮތާބޭ ކުރިހޯއްދަވާފައި ވާއިރު، ޖަފްނާ، ޓްރިންކޮމަލީ އަދި ވާންނީ ފަަދަ އުތުރާއި އިރުމަތީގެ ޑިސްޓްރިކްތަކުގައި ކުރީގައި އުޅުއްވަނީ ސަޖިތު ޕްރެމާދާސާއެވެ.

އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 16 މިލިއަން މީހުން ތިބިއިރު، ވޯޓުލުމަށް ރަޖިސްޓަރީކޮށްފައި ވަނީ %73 މީހުންނެވެ. ވޯޓުލާން ރަޖިސްޓަރީކޮށްފައިވާ މީހުންގެ %80 މީހުން ވަނީ ވޯޓުލާފައެވެ.  

7 މިލިއަނަށް ވުރެ ގިނަ ވޯޓު މިހާތަނަށް ގުނިފައި ވާއިރު، ސްރީލަންކާގެ އިލެކްޝަންސް ކޮމިޝަނުގެ ރައީސު މަހިންދަ ދެޝަޕްރިޔާ މީގެ އިރުކޮޅެއްގެ ކުރިން ވިދާޅުވެފައި ވަނީ ކުރިއަށް އޮތް 6 ގަޑިިއިރުތެރޭގައި އެންމެ ފަހުގެ ނަތީޖާ އިއުލާނުކުރެވޭ ވަރު ވާނެ ކަމުގައެވެ.  

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.