ސާކު ކަލްޗަރަލް ސެންޓަރުގެ ގަވަރނިން ބޯޑުގެ ބައްދަލުވުން ފަށައިފި

ސާރކް ކަލްޗަރަލް ސެންޓަރުގެ ގަވަރނިންގ ބޯޑުގެ 11 ވަނަ ބައްދަލުން ސްރީލަންކާގައި މިއަދު ފަށައިފިއެވެ.

މި ބައްދަލުވުން ކުރިއަށްދާނީ މިއަދުން ފެށިގެން މާދަމާގެ ނިޔަލަށެވެ. ރާއްޖޭގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވަނީ މިނިސްޓަރ އޮފް ސްޓޭޓް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖު މުޙައްމަދު ޠާރިޤުއެވެ.

އޭނާގެ އަރިހުގައި މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖު ގެ  ޕަރމަނަންޓް ސެކްރެޓަރީ ޝަމްޢޫން ޙަމީދާއި ސަގާފީ ތަރިކަ ރައްކަތެރިކުރާ ޤައުމީ މަރުކަޒުގެ ޕްރޮޖެކްޓް އޮފިސަރ ޝައިހާ އަޙުމަދު ބައިވެރިވެ ވަޑައިގަންނަވައެވެ.

މި ބައްދަލުވުމުގައި ކުރިއަށް އޮތް އަހަރު ސާރކް ކަލްޗަރަލް ސެންޓަރުން ކުރިއަށްގެންދާނެ ހަރަކާތްތަކާއި، އެކަމަށް ބަޖެޓު ކަނޑައެޅުމާއި، އެންމެ ފަހުން ކުރެވުނު އެ ސެންޓަރުގެ އޮޑިޓާ ބެހޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ހެރިޓޭޖު މިނިސްޓްރީން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.