ކަނޑު އުޅަނދުފަހަރު ޗެކުރުމުގެ ޕްރޮގްރާމެއް ހުވަދުއަތޮޅުގައި ފަށައިފި

ކަނޑުއުޅަނދުފަހަރުގެ ޗެކު ކުރުމުގެ ޕްރޮގްރާމެއް އެމްއެންޑީއެފް ސަދަން އޭރިއާއިއިން ހުވަދުއަތޮޅުގައި ފަށައިފިއެވެ.

މި ޕްރޮގްރާމުގައި ޗެކުރާނީ އުޅަނދުފަހަރުގެ ސަލާމަތީ ކަންކަމެވެ. އެގޮތުން އުޅަނދުފަހަރުގެ ސަލާމަތީ ސެޓްފިކެޓްގައި ބަޔާންކޮށްފައި ހުންނަ ކަންކަން ފުރިހަމަ ކުރެވިފައިވޭތޯ ބަލާނެއެވެ. އޭގެ ތެރޭގައި މެރިން ވީއެޗްއެފް ޗެކް ކުރުމާއި އުޅަނދުގެ ކެޕްޓަން އަތުގައި ކަނޑުގެ އުޅަނދު ދުއްވުމުގެ ލައިސަންސް އޮތްތޯ ބެލުމުގެ އިތުރުން ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގިނަ ކަންތައްތައް ބެލުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ހުވަދުއަތޮޅުގައި މި ޕްރޮގްރާމް ކުރިއަށްދަނީ މިމަހުގެ 13 އިން 15 ވަނަ ދުވަހުގެ ނިޔަލަށެވެ.

މިދުވަސްވަރަކީ ރާއްޖެއަށް ވިއްސާރަ ދުވަސްވަރެކެވެ. އެހެންކަމުން މިފަދަ ދުވަސްތަކުގައި ކަނޑުދަތުރުކުރުމުގައި އެމްއެންޑީއެފުން އަބަދުވެސް ނަސޭހަތްތެރިވަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.