ލ. މާމެންދޫ އިންޖީނުގޭގެ ބިންގާ މިއަދު އަޅައިފިއެވެ. އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި އިންޖީނުގޭގެ ބިންގާ އަޅުއްވައި ދެއްވީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު ސަޢީދު މުޙައްމަދެވެ. މިއީ ފެނައިން މިއަހަރު ބިންގާ އެޅި 18 ވަނަ އިންޖީނުގައެވެ.
މި ރަސްމިއްޔާތުގައި ފޮނަދޫ ދާއިރާގެ ޢިއްޒަތްތެރި މެމްނަރު މޫސާ ސިރާޖު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ފެނަކައިން ވަނީ މިއަހަރުތެރޭގައި މުޅީން އަލަށް 30 އިންޖީނުގެ އެޅުމަށް އަމާޒު ހިފައިފައެވެ.
އެކުންފުނިން ގެންދަވަނީ ރަށްރަށުގެ ކަރަންޓަށް ދިމާވާ މައްސަލަތައް ޙައްލު ކުރުމަށްޓަކައި ތަފާތު މަސައްކަތްތައް ކުރައްވަމުންނެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް ވަނީ ތަފާތު އެކިރަށްރަށަށް 53 ޖަނަރޭޓަރު ފޯރުކޮށްދީފައެވެ. އެއީ 150 މިލިއަން ރުފިޔާއަށްވުރެ ބޮޑު ހޭދައެކެވެ.