އަލިފާނުގެ ޙާދިސާގައި އަރިއަޅައިލި ބިލްޑިން މިއަދު ތަޅާލަނީ

މިދިޔަ ހުކުރުދުވަހުގެރޭ މާލޭގައި ހިނގައިދިޔަ އަލިފާނުގެ ޙާދިސާގައި ވަރަށްބޮޑަށް ގެއްލުންވެ އަރިއަޅާލައިފައިވާ ގެ މިއަދު ތަޅައިލާނެ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއްޖެއެވެ.

އެ މަސައްކަތުގައި ސިފައިންގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިގެންދާނެ ކަމަށް އެމްއެންޑީއެފްގެ ތަރުޖަމާނު މޭޖަރ އިބްރާހީމް ޢާޒިމް ވިދާޅުވިއެވެ.

އަލިފާނުގެ ޙާދިސާ ހިނގި ސަރަޙައްދު މިހާރުވަނީ ގެތަކުގެ ވެރިންނަށާއި ގެތަކުގައި އުޅޭ މީހުންނަށް ހުޅުވާލައިފައެވެ.

އަލިފާނުގެ ހާދިސާހިނގި ސަރަޙައްދުގައި ހުރި ގިނަ ޢިމާރާތްތަކަށްވަނީ ދުމުގެ އަސަރު ކޮށްފައެވެ. އޭގެ އިތުރަށް ހަތް ގެއަކާއި 4 ގުދަން ވަނީ އަނދައިފައެވެ. މި ޙާދިސާގައި 500 އަށްވުރެ ގިނަމީހުން ވަނީ ޙާލުގައި ޖެހިފައެވެ. އެފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ސަރުކާރުން ގެންދަވަނީ ކުރައްވަމުންނެވެ.

މި ޙާދިސާއާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރ އަދި އެމްޑީޕީގެ ޕީޖީ މެމްބަރ އިބްރާހީމް މުއިއްޒު ވިދާޅުވެފައި އެއީ ރާވައިގެން ދީފައިވާ ޓެރަރިސްޓު ޙަމަލާއެއް ކަމަށެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.